މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
60 ކޮމްޕިއުޓަރ މޭޒު ޖަހާދޭނެ ފަރާތެއް ހޯދުމަށް

 

                                                     ނަންބަރ:37/IUL)22-G/22/2017)

 

                 އިޢުލާން

 

60 ކޮމްޕިއުޓަރ މޭޒު ޖަހާދޭނެ ފަރާތެއް ހޯދުމަށް

 

      މިމިނިސްޓްރީގެ ނަންބަރ:(IUL)22-G/22/2017/31 (29 މެއި 2017) އިޢުލާނާއި ގުޅިގެން ކުރިމަތިލާފައިވަނީ ހަމައެކަނި 2 ފަރާތުން ކަމުގައި ވާތީ އެއިޢުލާން ބާތިލްކޮށް އަލުން އެމަސައްކަތަށް އިޢުލާން ކުރަމެވެ.

 

މި މިނިސްޓްރީއިން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ތަކެތީގައި 60 ކޮމްޕިއުޓަރ މޭޒު ޖަހާދިނުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މިނިސްޓްރީގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން (ވެލާނާގެ 9 ވަނަ ފަންގިފިލާ) އަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށަހެޅުން

04 ޖުލައި 2017 ވާ އަންގާރަ ދުވަހުގެ 13:00 އަށް

10 ޖުލައި 2017 ވާ ހޯމަ ދުވަހުގެ 13:00 އަށް

 

މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު ނަންބަރ (2014/18)ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، ޤާނޫނު ނަންބަރ (2014/19) (އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

       މަޢުލޫމާތު ސާފުކުރުމަށް ނުދުރުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 3341152 ނުވަތަ 3341126 ފޯނަށް ގުޅުއްވުން އެދެމެވެ.

 

 25  ރަމަޟާން 1438

20    ޖޫން  2017

 

 

 

 

 

 

20 ޖޫން 2017
ހޯދާ