ދިއްފުށީ ސްކޫލް
ދިވެހިރާއްޖެ
ރިލީފް ޓީޗަރ

މަޤާމް: ރިލީފް ޓީޗަރ

ބޭނުންވާ އަދަދު: 06 (ހައެއް)

މަޤާމުގެ ގިންތި: ވަގުތީ

މަޤާމުގެ ކްލެސިފިކޭޝަން: ސްކޫލް ޓީޗަރސް

ސެކްޝަން: އެކަޑަމިކް

މަޤާމް އޮތް އޮފީސް: ދިއްފުށީ ސްކޫލް / ކ.ދިއްފުށި

ވަޒީފާ އަދާކުރަން ޖެހޭ ތަން: ދިއްފުށީ ސްކޫލް / ކ.ދިއްފުށި

މުސާރަ: 

މަޤާމް

ޝަރުތު

މަޤާމްގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

 

-ސާނަވީ ތަޢުލީމް ޙާސިލްކޮށްފައިވުން.

-/4500

-/1500

ރިލީފް ޓީޗަރ

- މަތީ ސާނަވީ ތަޢުލީމް ފުރިހަމަކޮށް ފައިވުން.

-/5500

-/1500

 

- ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ޙާސިލްކޮށްފައިވުން. ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުން.

-/6090

-/2500

 

 

 

 

 

 

 

 

 

އިތުރު ޢިނާޔަތްތައް: 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ޙަވާލުކުރެވިފައިވާ ޓައިމްޓޭބަލާއެއްގޮތަށް ފަރުވާތެރިކަމާއެކު ކިޔަވައިދިނުން

2- ކިޔަވައިދެއްވުމަށް ހަމަޖެހިފައިވާ ކުދިންނަށް އެއަހަރަކަށް ކަނޑައެޅިފައިވާ މުޤައްރަރާއެއްގޮތަށް، ކުދިންނަށް އެތަކެތި އުނގަންނައިދީ އެކުދިންނަށް ހާސިލްވާންޖެހޭ މިންވަރަށް އެންމެފުރިހަމައަށް ހާސިލްކޮށްދެއްވުމަށް މަސައްކަތްކުރުން

3- ސްކޫލުން ކަނޑައަޅާފައިވާ އުސޫލާއެއްގޮތަށް ކަނޑައަޅާފައިވާ ދުވަހަށް ލެސަންޕްލޭން (ކުރިއަށްއޮންނަ ހަފުތާއަށް) ތައްޔާރުކޮށް ސްޕަވައިޒަރަށް ދެއްކެވުން.

4– ސްކޫލުން ކަނޑައަޅާފައިވާ އުސޫލާއެއްގޮތަށް ސްކީމް އޮފް ވޯކް ފުރިހަމަކޮށް ނިންމެވުން

5- މާއްދާތަކުގެ ކޯޑިނޭޝަން މީޓިންގ ތަކުގައާއި ޑިސްކަޝަން މީޓިންގ ތަކުގައި ފުރިހަމައަށް ބައިވެރިވުން

 

6- ސްކޫލުންބާއްވާ ސްޓާފް މީޓިންތަކާއި، ސެޝަންމީޓިން، ބެލެނިވެރިންގެ ބައްދަލުވުން އަދިމިނޫންވެސް މުދައްރިސުންގެ ހައިސިއްޔަތުން ބައިވެރިވެ ލެއްވުމަށް ސްކޫލުން އަންގަވާ ކޮންމެ ބައްދަލުވުމެއްގައި ފަރުވާތެރިކަމާއެކު ބައިވެރިވުން

7- ކުދިންގެ ފޮތްތަކާއި ކިޔަވައިދިނުމާއިގުޅޭ އެހެނިހެން މަސައްކަތްތައް ފަރުވާތެރިކަމާއެކު ދުވަހުން ދުވަހަށްބައްލަވާ މާރކްކުރެއްވުން

8- މުއައްޒަފުގެ އަމިއްލަކުރިއެރުމަށް ހިތްވަރާއެކު މަސައްކަތްކޮށް ސްކޫލުން ބޭނުންވާ ފެންވަރަށް މުއައްޒަފުގެ ފަންނީ އަދި ޢިލްމީ ޤާބިލްކަން ކުރިއެރުވުން

9- ސްކޫލްގެ ދަރިވަރުންގެ އަޚްލާޤާއި ސްލޫކު އަދި ކިޔެވުމުގެ ފެންވަރު ރަނގަޅުކުރެއްވުމަށް ކުރެއްވެންއޮތް ހުރިހާ މަސައްކަތެއް ކުރެއްވުން

10- ސްކޫލުން ހަވާލުކުރެވޭ މަސައްކަތްތަކަށް ފަރުވާތެރިވެ، ޒިންމާދާރުވެ، އަމިއްލައަށް އިސްނަގައިގެން ކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަތުން

11- ކިޔަވައިދިނުމަށް ބޭނުންވާ އިތުރު އެހީތައް ބޭނުންވެއްޖެ ހިނދެއްގައި އުފައްދައިގެން ބޭނުންކުރުން

12- ކްލާހުގައި ހޭދަކުރައްވާ ގަޑިތަކުގައާއި ސްކޫލްތެރޭގައި ހޭދަކުރައްވާ ވަގުތު ތަކުގައި އަދި ސްކޫލުން ބޭރުގައިވެސް އަޚްލާޤަށް ސަމާލުކަން ދެއްވުމާއި ކުދިންއެގޮތުގައި ތަރުބިއްޔަތު ކުރެއްވުމަށް މަސައްކަތް ކުރެއްވުން

13- ލީޑިންގ ޓީޗަރުން އަންގަވާގޮތެއްގެ މަތިން އިމްތިހާންތައް ތައްޔާރުކުރެއްވުމާއި އިމްތިހާންތައް ހިންގެވުމާއި އިމްތިހާން ކަރުދާސްތައް މާރކްކުރެއްވުމާއި އަދި އިމްތިހާންތަކާއިގުޅޭ އެންމެހާ ރެކޯޑްސްތައް ތައްޔާރުކޮށް ބެލެހެއްޓެވުން

14- ކިޔަވައިދެއްވާ ސެޝަންގެ ކްލާސްތަކުގައި ދަރިވަރުންގެ އުނގެނުމާއި އަޚްލާޤާއި ގުޅޭގޮތުން ކުދިންނާއި ބެލެނިވެރިންނަށް އޮޅުންފިލުވައިދީ ނަސޭހަތްތެރިވުން

15- މުއައްޒަފު ނިސްބަތްވާ ހައުސް/ކްލަބް/ޑިޕާޓްމަންޓުގެ ހަރަކާތްތައް ހިންގުމުގައި އެބޭފުޅެއްގެ ޤާބިލްކަންހުރި އެންމެމަތީ ދަރަޖައެއްގައި އެހީތެރިވެ ކާމިޔާބީއަށް މަސައްކަތްކުރުން

16- ކިޔަވައިދެއްވާ ވަގުތުތަކުގައާއި ކިޔަވައިދިނުމާއި ގުޅޭ ހަރަކާތްތައް ހިންގާ ވަގުތުތަކުގައި ކުދިންގެ ކަންކަމުގައި ޒިންމާވެ އެކުދިން އެކަނިދޫކޮށް ނުލެއްވުން

17- ދަރިވަރުން ގެންގުޅޭ ޓެކްސްޓް ފޮތްތަކާއި އެހެނިހެން ތަކެތި ސާފުތާހިރުކޮށް އިސްރާފުކުޑަކޮށް ގެންގުޅެވޭނެގޮތް ދަސްކޮށްދީ އެކަމަށް ބާރު އެޅުއްވުން

18- ދިވެހިސަރުކާރުގެ ޤަވައިދުތަކާއި، ދިވެހި ސިވިލްސާރވިސް ޤަވައިދުތަކާއި އަދި މިނިސްޓްރީއޮފް އެޑިއުކޭޝަނާއި ސްކޫލްގެ އެންމެހާ ޤަވައިދުތަކަށް ހުރުމަތްތެރިކޮށް ހިއްތެވުން

 

މަޤާމުގެ ޝަރުޠުތައް:

1. ސާނަވީ ތަޢުލީމް ޙާސިލްކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ ތަޢުލީމް ފުރިހަމަކޮށް ފައިވުން. ނުވަތަ؛

3. ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ޙާސިލްކޮށްފައިވުން. ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މިމަޤާމަށް މީހަކު ހޮވުމުގައި ބަލާނީ ތަޢުލީމާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ހުނަރާއި،  ފެންވަރާއި ޤާބިލުކަމުގެ ސިފަތަކަށުވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު

ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

 

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. 6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. 8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ދިއްފުށީ ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 ޖުލައި 2017 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ދިއްފުށީ ސްކޫލް އޮފީހަށް ށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަވިއު  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  06 ޖުލައި 2017 އާއި 16 ޖުލައި 2017 އާ ދެމެދު، ދިއްފުށީ ސްކޫލްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

ޖުމްލަ އިންސައްތަ %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6640522 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

 

ނޯޓް:                                                                 

  1. ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގުރޭޑް 10 ނިންމާ އިމްތިޙާއްނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ ސާނަވީ ތަޢުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
  2. ގުރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގުރޭޑް 12 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ މަތީ ސާނަވީ ތަޢުލީމު ފުރިހަމަކުރިމަށް ބެލެވޭނެއެވެ.

ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 3 ގެ ސަނަދެއް ޙާސިލްކޮށްފައިވާނަމަ ސާނަވީ ތަޢުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.

 

25 ރަމަޟާން 1438

                    20 ޖޫން 2017

 

 

 

 

 

 

 

 

 

 

 

 

20 ޖޫން 2017
ހޯދާ