ދިވެހިރާއްޖެ
އިޢުލާން
ސަރުކާރުން ހުއްދަ ދީގެން ހިންގާ ޑިއުޓީފްރީ ޕޮރޮޖެކްޓްތަކަށާއި، އިޤްތިޞާދީގޮތުން ދިވެހިރާއްޖެއަށް ބޭނުންތެރި މަސައްކަތް ފެއްޓުމަށާއި، މަސައްކަތް ކުރުމަށާއި، އެ މަސައްކަތް ހިންގުމަށް ރާއްޖެއަށް އެތެރެކުރެވޭ ހެވީ ވެހިކަލް އާއި އުޅަނދުފަދަ ތަކެތި ކަސްޓަމްސުން ކުލިއަރކުރުމުގައި ޢަމަލުކުރާ އުޞޫލާ ބެހޭ:
ސަރުކާރުން ހުއްދަ ދީގެން ހިންގާ ޑިއުޓީފްރީ ޕޮރޮޖެކްޓްތަކަށާއި، އިޤްތިޞާދީގޮތުން ދިވެހިރާއްޖެއަށް ބޭނުންތެރި މަސައްކަތް ފެއްޓުމަށާއި، މަސައްކަތް ކުރުމަށާއި، އެ މަސައްކަތް ހިންގުމަށް ރާއްޖެއަށް އެތެރެކުރެވޭ ހެވީ ވެހިކަލް އާއި އުޅަނދުފަދަ ތަކެތި ކަސްޓަމްސުން ކުލިއަރކުރުމުގައި ޢަމަލުކުރާނެ އުޞޫލު (ނަންބަރު: 2017/U-003) އެކުލަވާލައި ކަސްޓަމްސްގެ ވެބްސައިޓު www.customs.gov.mv ގައި ޝާއިޢުކުރެވިފައިވާކަން ޢާންމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.
24 ރަމަޟާން 1438
19 ޖޫން 2017