ކުޑަފަރީ މަދަރުސާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

ވަޒީފާގެ ފުރުޞަތު

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ  (ވަގުތީ) 

  ބޭނުންވާ ޢަދަދު: 1

ވަޒީފާ އަދާކުރަންޖެހޭތަން: ނ. ކުޑަފަރީ މަދްރަސާ

 

 

މަޤާމް

ރޭންކް

ކްލެސިފިކޭޝަން

ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލެވެންސް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

GS3

އޮފިސަރ ގްރޭޑް 1

- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

-   ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

4465.00

1500.00

މަޤާމުގެ މަސްއޫލިއްޔަތު

1 – ސްކޫލްގައި ކިޔެވުން އޮންނަ ކޮންމެ ދުވަހަކު ސްކޫލަށް ޙާޟިރުވެ މުވައްޒަފުން ސޮއިކުރާ ފޮތުގައި ސޮއި ކޮށް، ސަރުކާރުގެ ޤަވާޢިދުތަކާއި ތިމާއާއި ޙަވާލު ކުރެވިފައިވާ މަސްޢޫލިއްޔަތުތަކާއި އެއްގޮތްވާ ގޮތުގެމަތީން، ފަރުވާތެރިކަމާއި އިޚްލާސްތެރި ކަމާއިއެކު، މަޤާމުގެ ޑިއުޓީއަދާކުރުން.

2 –ޑިއުޓީ އަދާކުރާ ދަންފަޅީގައި ބޭރަށް ދުރުވާ މުއައްޒިފުންގެ ރެކޯޑް ބެލެހެއްޓުން.

3 –ޑިއުޓީ އަދާކުރާ ދަންފަޅީގައި ލިޔަންޖެހޭ އެކަޑަމިކް ދާއިރާގެ ލިޔުންތައް ލިޔުމާއި ފައިލް ކުރަންޖެހޭ ލިޔުންތައް ފައިލްކުރުން.

4 –ޑިއުޓީ އަދާކުރާ ދަންފަޅީގެ މުވައްޒަފުންގެ ހާޟިރީ ބެލެހެއްޓުން.

5 – ކްލާސްތަކުގެ ކުލާސް ރިކޯރޑް ، ދަރިވަރުންގެ ދުވަހު ހާޟިރީ، އެއަހަރެއްގެ ކިޔެވުން ފެށުމުގެ ކުރިން ލިޔެ ސެޝަން ބަލަހައްޓަވާ ސްޕަވައިޒަރަށް ހުށައެޅުން.

6 – ފައިސާ އާއި ބެހޭ ފޮތްތައް ފިޔަވާ ދެންހުރި ލިޔެކިޔުމުގެ ފޮތްތަކަށް ކަރުދާސްލާ ސާފުތާހިރުކޮށް ބެލެހެއްޓުން.

7 – ސްކޫލްގެ އެންމެހާއެކަޑަމިކް ލިޔެކިޔުންތައް ތަރުތީބުކޮށް ފައިލްކޮށް ބެލެހެއްޓުން.

8 –ސްކޫލުން ވަކިވާކުދިންގެ ލީވިންގ ސެޓްފިކެޓް ހެދުން.

9 – ދަރިވަރުން ބައިވެރިވާ ގައުމީ އަދި ބައިނަލް އަޤްވާމީ ފެންވަރުގެ އިމްތިޙާންތަކާއިބެހޭ އެންމެހާ ލިޔެކިޔުންތަށްލިޔެ ފޮނުވަންޖެހޭ ތަންތަނަށް ، ފޮނުވަންޖެހޭ ތާރީޚަށް ފޮނުވުން.

10 – ޑިއުޓީ އަދާކުރާ އިމާރާތުގައި ކިޔަވާ ދަރިވަރުންނަށާއި ބެލެނިވެރިންނަށް އަންގަންޖެހޭ އެންގުންތައް ލިޔެ ނޯޓިސްބޯޑަށް ނެރުމާއި ފޮތަށް ލިޔެ ފޮތްހިންގުން.

11 – މަހުންމަހަށް ޤަވާއިދުން ހާޒިރީ ރިޕޯރޓް ތައްޔާރުކޮށް ހިނގާ މަހުގެ 10ގެ ކުރިން ކުރީމަހުގެ ހާޟިރި ރިޕޯޓް ސްކޫލްގެ އިދާރާއަށް ފޮނުވުން.

12 – މުވައްޒިފުންގެ ޗުއްޓީޗިޓް ތައްޔާރުކޮށް ޗުއްޓީ އާއި ސަލާމުގެ ރެކޯރޑް ބެލެހެއްޓުން.

13 – އިމާރާތުގައި ބޭނުންކުރުމަށް ގެނެސްފައިހުންނަ ތަކެތީގެ ސްޓޮކް ބެލެހެއްޓުން.

14 – ޓެސްޓް ދުވަސްވަރު ޓެސްޓް ހޯލްތައް މަސައްކަތު މީހުންލައްވާ އެތުރުން. އަދި ބޭއްވޭ އެކިއެކި ބައްދަލުވުންތަކަށް މަސައްކަތު މީހުންލައްވާ ގޮޑިޖަހާ ތައްޔާރުކުރުން.

15 –ސްކޫލް ހުޅުވާ ބަންދުކުރުން.

16- ދުވަހުޔައުމިއްޔާ އާއި މީޓިންތަކުގެ ޔައުމިއްޔާ ލިޔެ ތައްޔާރުކުރުން.

17– މަތީގައި ބަޔާން ކުރެވިފައިވާ ކަންތައްތަކުގެ އިތުރުންވެސް ސްކޫލުގެ އިސްވެރިން އަންގަވާ ކަންތައްތައް ކުރުން.

 

އުޖޫރަ އާއި އިނާޔަތްތައް

  • އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ ހަމަޖެހިފައިވާ ގަވާއިދުން އިތުރު ގަޑީގެ ފައިސާ
  • ސިވިލްސަރވިސްގެ މުވައްޒަފުންނށް ސިވިލްސަރވިސްއިން ކަނޑައަޅުންވައިފައިވާ އެލަވަންސް، އާއި ޢިނާޔަތްތައް.
  • ސިވިލްސަރވިސްގެ މުވައްޒަފުންނާއިބެހޭ ގަވާއިދުގައިވާ ގޮތުގެމަތީން ވަޒީފާއާއި، މުސާރައިގެ ކުރިއެރުން

 

އެންމެ ޤާބިލުމީހަކު މީހުންހޮވުމުގައިބަލާނެ ކަންތައްތައް

  • ވަޒީފާގެ މަސައްކަތާއިގުޅޭ ގޮތުން ލިބިފައިވާ ހުނަރާއި ތަޖުރިބާ
  • ކޮމްޕިއުޓަރު ބޭނުންކޮށްގެ މަސައްކަތްކުރަން ދަންނަ މިންވަރު
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން

ހުށަހަޅަންޖެހޭ ލިޔުންތައް

1-      ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ( ސިވިލްސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް)

2-      ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ(އެކްރިޑެޓްކޮށްފައިވާ(

3-      ސަރުކާރުގެ ނުވަތަ ސިވިލްސަރވިސް އަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން

4-      ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ

5-      ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

6-      ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

7-      ސިވިލްސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެމުވައްޒަފުން ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޟިރީ އަދި މަސައްކަތުގެ އަޚްލާގު ހުރިގޮތްބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި، ހާޟިރީ އަދި މަސައްކަތުގެ އުޅުމާއި އަޚްލާޤު ހުރިގޮތް ބަޔާން ކުރާ ފޯމު"ސިވިލްސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކުވެސް ހުށަނާޅައިފިނަމަ "ވަޒީފާއަށް ކުރިމަތިލައިފައިވާ ފަރާތައް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް" ގައިވާ މިކަމާގުޅޭ ބައިތަކަށް ޕޮއިންޓެއް ނުދެވޭނެއެވެ.

 

ސުންގަޑި

މި ވަޒީފާއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ސިޓީ އާއި އެކު ހުށަހަޅަންޖެހޭ ލިޔުންތަކާއިއެކު 05 ޖުލައި 2017 ވާ ބުދަދުވަހުގެ މެންދުރު 12.00 ގެ ކުރިން މި މަދްރަސާއަށް ހުށަހެޅުއްވުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާއި އިންޓަވިއުކުރުމާއި ޕްރެކްޓިކަލް ޓެސްޓް އޮންނާނީ 06 ޖުލައި 2017 ވާ ބުރާސްފަތި ދުވަހު ކުޑަފަރީ މަދްރަސާގަ އެވެ.

 

އިތުރުމަޢުލޫމާތު

މަޢުލޫމާތު ހޯއްދެވުމަށް ގުޅުންވާނީ 6561802 ފޯނާއެވެ.

މި މަޤާމަށް އިންޓަވިއުކުރެވޭނީ ޝަރުތުހަމަވާ ފަރާތްތަކާއެވެ.

19 ޖޫން 2017
ހޯދާ