ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައުޓްރިގާ ކޮނޮއްޓާއިން ކުނި ހޯނޑެއްދޫ އަށް ގެނެސްދޭނޭފަރާތެއް ހޯދުން

އެއް އަހަރުދުވަހުގެ މުއްދަތަށް އައުޓްރިގާ ކޮނޮއްޓާ ރިސޯޓުން ހޯނޑެއްދޫއަށް ކުނި ގެނެސްދޭނޭ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 22 ޖޫން 2017 ވަނަ ދުވަހުގެ 13:15 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 02 ޖުލައި 2017 ވަނަ ދުވަހުގެ 13:15 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މަތީގައިވާ ގަޑިތަކުގައި މިއިދާރާގެ މީޓިންގ ރޫމް ގައެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަނީ ކުންފުނި / ކޯޕަރޭޓިވް އަކުންނަމަ އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރު ޖަހާފައިވާ، ކުންފުނި / ކޯޕަރޭޓިވްގެ ސިޓީއަކާއިއެކު އެ ތަނުގެ ރަޖިސްޓްރީގެ ކޮޕީ (މުއްދަތު ހަމަނުވާ) ހުށަހަޅަންވާނެއެވެ. ވަކި ފަރުދެއްގެ ނަމުގައި އަންދާސީ ހިސާބު ހުށަހަޅާނަމަ، އެ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަމިއްލަ މީހެއްގެ ނަމުގައި އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަމުގެ ސިޓީއެއް، އަންދާސީ ހިސާބު ހުށަހެޅުމުގެ ކުރިން ކައުންސިލް އިދާރާއަށް ހުށަހަޅަންވާނެއެވެ. އެއްވެސް ފަރާތަކަށް އެކަކަށްވުރެ ގިނަ ފަރާތުގެ ނަމުގައި މަޢުލޫމާތު ސާފުނުކުރެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށައެއްނޭޅޭނެއެވެ. މައުލޫމާތު ސާފު ނުކުރާ ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބާއި ގަޑި ޖެހުމުގެ ކުރިން ނުވަތަ ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 ރަމަޟާން 1438

18  ޖޫން  2017

18 ޖޫން 2017
ހޯދާ