ކިނބިދޫ ސްކޫލް، ތ. ކިނބިދޫ
ދިވެހިރާއްޖެ
3 ކުލާސްރޫމުގެ ފުރާޅު ޓިނު ބަދަލުކުރުން

3 ކުލާސްރޫމުގެ ފުރާޅު ޓިނު ބަދަލުކުރުން

މިސުކޫލުގެ ނަމްބަރު GS55/IU/2017/07 (05 ޖޫން 2017) އިޢުލާނާ ގުޅިގެން ޝަރުތުހަމަވާ 3 ފަރާތް ކުރިމަތިލާފައި ނުވާތީ އެއިޢުލާން ބާތިލްކޮށް، މިސުކޫލުގެ ދެކުނުފަރާތު ބުލޮކުގެ 3 ކުލާސްރޫމާއި އަދި ސޭފުރޫމުގައި ޓިނު ބަދަލުކޮއްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރީމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 22 ޖޫން 2017 (ބުރާސްފަތި) ދުވަހުގެ 11:00 އަށް މިސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 04 ޖުލައި 2017 ވާ އަންގާރަ ދުވަހުގެ 10:30 އަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އެސްޓިމޭޓް ކެނޑުން އޮންނާނީ (އެދުވަހުގެ) 04 ޖުލައި 2017 ވާ އަންގާރަ ދުވަހުގެ 10:35 ގައި އެސްޓިމޭޓް ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ ޙާޟިރުގައެވެ. މިބައްދަލުވުމުގައި އެސްޓިމޭޓް ހުށަހަޅުއްވާ ފަރާތުން ބައިވެރިވާންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެސްޓިމޭޓުގެ ވެރިފަރާތުގެ ސިޓީއަކާއެކު އައިޑީކާޑުގެ ކޮޕީއެއް ފޮނުއްވަންވާނެއެވެ.

 

23 ރަމަޟާން  1438

18  ޖޫން    2017 

 

 

                                       

18 ޖޫން 2017
ހޯދާ