މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ލ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރު ހިންގާނެ ޢިމާރާތެއް ކުއްޔަށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

               މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ލ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރު ހިންގާނެ ޢިމާރާތެއް ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު:  IUL)459-A/1/2017/109) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

             

              ވީމާ، މިފަދަ ޢިމާރާތެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖޫން 22 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އަށް ލ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޖުލައި 05 ވާ ބުދަ ދުވަހުގެ ހެނދުނު 10:30  އަށް ލ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

                އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

18 ޖޫން 2017 

18 ޖޫން 2017
ހޯދާ