މަޑުއްވަރީ ސްކޫލް/ މ.މަޑުއްވަރީ
ދިވެހިރާއްޖެ
ގުދަނެއް އިމާރާތް ކުރުން

މި އިޢުލާންވަނީ 03 ޖުލައި 2017 12:05 ގައި ބާތިލް ކުރެވިފައެވެ.


ގެޒެޓް ކުރެވިފައި ނެތުމުގެ ސަބަބުން ނަންބަރ GS167/ IUL/ 2017/14 އުލާން ވަނީ ބާތިލްކުރެވިފައެވެ.

 

 މ.މަޑުއްވަރީ ސްކޫލުގައި ގުދަނެއް އިމާރާތްކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 ޖުލައި 2017 ވާ އާދިއްތަ ދުވަހު 11:00 އަށް މ.މަޑުއްވަރީސްކޫލަށް ހާޒިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 12 ޖުލައި 2017 ވާ ބުދަ ދުވަހު ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

           މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި އަދި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައިޑީކާޑު އަދި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހިއްޕަވައިގެން ވަޑައިގެންނެވުމަށް މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

           މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތެއް ހޮވުމަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ބައިތައް ތިރީގައި މިވަނީއެވެ. ޕޮއިންޓް ދެވޭ ގޮތުގެ ތަފުސީލު ބީލަން ތައްޔާރުކޮށް ހުށަހަޅާނެ ގޮތުގެ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 7952908 ނަންބަރަށެވެ.

1- މަސައްކަތުގެ އަގަށް                                   65 ޕޮއިންޓް

2- މަސައްކަތް ނިންމާނެ މުއްދަތު                          20 ޕޮއިންޓް

3- މިފަދަ މަސައްކަތެއް ކުރެވިދާނެ ކަމުގެ މާލީ ޤާބިލުކަމަށް   5  ޕޮއިންޓް

4- މިފަދަ މަސައްކަތުގެ ތަޖުރިބާ                           10 ޕޮއިންޓް

           ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

15 ޖޫން 2017

15 ޖޫން 2017
ހޯދާ