މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2016 ވަނަ އަހަރުގެ އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓް ހުށަހެޅުމުގެ ސުންގަޑި
ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު (ޤާނޫނު ނަނބަރު 96/10) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކޮންމެ ކުންފުންޏަކުން ހުށަހަޅަންޖެހޭ 2016 ވަނަ އަހަރުގެ އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓް ބަލައިގަތުމުގެ ސުންގަޑި އަންނަނީ މި ހިނގާ ޖޫން މަހުގެ ފަހު ހަފްތާގައި ކަމަށްވެފައި، އެ ހަފްތާއަކީ ފިތުރު ޢީދާ ގުޅިގެން ބަންދު ދުވަސްތަކެއް އަންނަ ހަފްތާއަކަށްވާތީ، ކުންފުނިތަކުގެ އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓް ބަލައިގަތުމުގެ ސުންގަޑި 16 ޖުލައި 2017ގެ ނިޔަލަށް ފަސްކުރެވިފައިވާ ވާހަކަ އާންމުކޮށް އަންގާ އިޢްލާންކުރީމެވެ.
15 ޖޫން 2017
ހޯދާ