މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
މަސައްކަތު

އެމް.އެން.ޑީ.އެފްގައި ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރުމަށްޓަކައި، މި ދަންނަވާ މަޤާމަށް މީހުން ބޭނުންވެއެވެ.

 

ބޭނުންވާ ދާއިރާ/ޔުނިޓް

ބޭނުންވާ އަދަދު

ޢާއްމުގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން

ސަޕްލައި ސަޕޯރޓް ސަރވިސް

2

މާލެ

ކްއާޓަރ މާސްޓަރ ސަރވިސް

3

މާލެ

ޕްރެޒިޑެންޝަލް ގާޑު / އާރަށް

4

ކ.އާރަށް

މަޤާމު:

މަސައްކަތު

 

މުސާރަ:

(މަހަކު) -/4865 ރުފިޔާ  

 

ސަރވިސް އެލަވަންސް:

(މަހަކު) -/1000 ރުފިޔާ

 

އެހެނިހެން އެލަވަންސާއި އުޖޫރަ

އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35% އާއި، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. އަދި އާރަށުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ކެއިންބުއިމާއި އެކަމަޑޭޝަން ހަމަޖައްސައިދެވޭނެވެ.

 

ފެންވަރު ނުވަތަ ޝަރުތު:

 

އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއެކު، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

 

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

އެމް.އެން.ޑީ.އެފްގެ ސަރަހައްދުގައިވާ އެންމެހާ އިމާރާތްތަކާއި ގޯތިތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމާއި، މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތުކުރުމާއި ފާޚާނާތަކާއި، ޖަންކުޝަންތައް ސާފުކޮށް ބެލެހެއްޓުން. އަދި ސަރަހައްދުގައިވާ ގަސްތައްކޮށާ ގަސްތަކަށް ފެންދީ ބެލެހެއްޓުން.

 

އިތުރު މަޢުލޫމާތު:

މި މަޤާމުގެ ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވާ      2017 ޖޫން 22 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ސިޓީ ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3342967 ނުވަތަ 3313724  ނަންބަރު ފޯނާ ގުޅުއްވުންއެދެމެވެ.

 

         

                      18 ރަމަޟާން 1438

                    13 ޖޫން   2017 

14 ޖޫން 2017
ހޯދާ