ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މިއެޖެންސީގެ ލެބޯޓަރީގައިހުރި RANDOX EVIDENCE ANALYSER EV3600 މެޝިނަށް ބޭނުންވާ ކޮންސިއުމަބަލްސް އަދި ކެލިބްރޭޓާސް ގަންނަން

 

                                                   ނަމްބަރު:  43/IUL)434-PRC/1/2017)

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ:                                                           

               މިއެޖެންސީގެ ލެބޯޓަރީގައިހުރި RANDOX EVIDENCE ANALYSER EV3600 މެޝިނަށް ބޭނުންވާ ކޮންސިއުމަބަލްސް އަދި ކެލިބްރޭޓާސް ގަންނަން ބޭނުންވެގެން ކުރެވުނު ނަންބަރު  (IUL)434-PRC/1/2017/39 (ތާރީޙް: 04 ޖޫން 2017) އިޢުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ތިން ފަރާތް ވަޑައިނުގަންނަވާތީ، އެ އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.

                 ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ / އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

ތާރީޙް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

19  ޖޫން  2017

ހޯމަ

11:00 (މެންދުރުކުރި)

އަންދާސީ ހިސާބު ހުށަހެޅުއްވުން

22  ޖޫން 2017

ބުރާސްފަތި

11:00 (މެންދުރުކުރި)

 

13 ޖޫން 2017
ހޯދާ