ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ޕލކ ގެ ޙިއްޞާދާރުންނަށް 2016 ވަނަ އަހަރުގެ ފައިދާ ދޫކުރުމާބެހޭ

އިޢުލާން

އެސްޓީއޯ ޕލކ ގެ ޙިއްޞާދާރުންނަށް 2016 ވަނަ އަހަރުގެ ފައިދާ ދޫކުރުމާބެހޭ

2017 މޭ 30 ގައި ބޭއްވި މިކުންފުނީގެ 2016 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި 2016 ވަނަ އަހަރުގެ ކުންފުނީގެ ފައިދާގެ ތެރެއިން ޙިއްޞާދާރުންނަށް ޙިއްޞާއަކަށް -/51ރ. (ފަންސާސް އެއް ރުފިޔާ) ބެހުމަށް ފާސްކޮށްފައިވާތީ، 2017 ޖޫން 14 ވަނަ ދުވަހުން ފެށިގެން މިފައިސާ ދޫކުރަން ފެށޭނެ ވާހަކަ ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. ޙިއްޞާގެ ފައިދާ ދޫކުރާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން ފެށިގެން މެންދުރު 13:30 އާދެމެދު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ މައި އޮފީހުންނެވެ.

ޙިއްޞާގެ ފައިދާ ބޭންކް އެކައުންޓަަށް ޖަމާކުރުމަށް މިހާރު ރެޖިސްޓަރ ކުރައްވާފައިވާ ފަރާތްތަކުގެ އެކައުންޓަށް، 2017 ޖޫން 22 އާއި ހަމައަށް ފައިސާ ޖަމާކޮށްދެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ޙިއްޞާގެ ފައިދާ ނަންގަވަން ވަޑައިގަންނަވާއިރު އައިޑީކާޑު ކޮޕީ ނުވަތަ ޙިއްޞާގެ ސެޓްފިކޭޓް ގެންނަވަންވާނެއެވެ. އަދި ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެފަރާތުގެ ނަމާއި އެޑްރެސް އަދި އައިޑީ ކާޑުގެ ކޮޕީއަކާއެކު ޙިއްޞާދާރު ސޮއިކުރައްވާފައިވާ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މިފަދައިން ހުށަހަޅުއްވާއިރު، ޙިއްޞާދާރުގެ އައިޑީ ކާޑު ނުވަތަ ޙިއްޞާގެ ސެޓްފިކޭޓްގެ ކޮޕީއެއްވެސް ހުށަހަޅުއްވަންވާނެއެވެ.

ބޭންކް އެކައުންޓްއަށް އަލަށް ޖަމާކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން "ބޭންކަށް ފައިދާ ޖަމާކުރުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު ކުންފުންޏަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިފޯމް ކުންފުނީގެ ވެބްސައިޓް އަދި މައި އޮފީހުގެ ރިސެޕްޝަންއިން ލިބިވަޑައިގަންނަވާނެއެވެ. މިފަދައިން ހުށަހެޅޭ ފޯމްތަކަށް ފޯމް ހުށަހަޅުއްވާތާ މަސްދުވަހުގެ ތެރޭގައި ޙިއްޞާގެ ފައިދާ ޖަމާކޮށްދެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ހަމަމިއާއެކު، މިހާތަނަށް ކުންފުނިން ދޫކޮށްފައިވާ ޙިއްޞާގެ ފައިދާ ނުނަންގަވާ ފަރާތްތަކުން އެފައިސާ ނެންގެވުމަށްވެސް އިލްތިމާސްކޮށް، ހަދުމަކޮށް އަރުވަމެވެ.

 

އިޚްތިރާމް ޤަބޫލްކުރެއްވުން އެދެމެވެ.

13 ޖޫން 2017

 

 

13 ޖޫން 2017
ހޯދާ