މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ކޮންކްރީޓް ކޯން އަދި ކޮންކްރީޓް ކަވަރު ވިއްކާނެ ފަރާތެއް ހޯދުން

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

 

މިކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިންް ކޮންކްރީޓް ކޯން އަދި ކަވަރު އަޅައިދިނުމުގެ މަސައްކަތަށް އަގު ހުށަހަޅާނެ ފަރާތެއް ހޯދަން ބޭނުން ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު (MWSC-A/7/ADV/2017/053) އަށް އެކެށީގެންވާ އިޖާބައެއް ލިބިފައި ނުވާތީވެ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވިމާ، މިމަސައްކަތަށް އަގު ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.

 

Details

UoM

Qty

Description

.No

Drawing will be provided

Nos

3000

Concrete Cone 315mm

01

Drawing will be provided

Nos

3000

Concrete Cover 315mm

02

 

ކޯޓޭޝަން ހުށަހަޅާއިރު ހިމަނަންޖެހޭ މަޢުލޫމާތު:

 އަގު: ހުށަހަޅާ އަގު ވާންވާނީ މިކުންފުނީގެ ހެޑް އޮފީސް ސައިޓަށް މިތަކެތި ޑެލިވަރ ކޮށްދެވޭނެ އަގަކަށެވެ. މީގެ އިތުރުން ކޮންމެ އައިޓަމެއްގެ އަގާއި ޖުމްލަ އަގު، އަދި ކޯޓޭޝަންގެ ޖުމްލަ އަގު ހިމަންވާނެއެވެ.

  • ޑެލިވަރީ މުއްދަތު: ކޯޓޭޝަންގައި ތަކެތި ސަޕްލައިކޮށްދެވޭނެ މުއްދަތު އޮންނަންވާނެއެވެ.
  • ޓެކްނިކަލް ސްޕެސިފިކޭޝަންސް: އައިޓަމްތައް އިވެލުއޭޓްކުރުމަށް ބޭނުންވާނެ ހުރިހާ ޓެކްނިކަލް މަޢުލޫމާތު ހިމަނަންވާނެއެވެ.
  • ޕޭމަންޓް ޓަރމްސް: ކޯޓޭޝަންގައި ޕޭމަންޓް ޓަރމްސް ބަޔާންކޮށްފައި އޮންނަންވާނެއެވެ.
  • ކޯޓޭޝަންގެ މުއްދަތު: ކޯޓޭޝަންގައިވާ ތާރީޚުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ.
  • ހުށަހަޅާ ފަރާތުގެ މަޢުލޫމާތު: ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، މިމަސައްކަތާއި ގުޅިގެން ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނެ ފަރާތުގެ ނަން،  މަޤާމް އަދި ފޯނު ނަންބަރ ހިމަނަންވާނެއެވެ.

ނޯޓް:

  • މައުލޫމާތު ފުރިހަމަނޫން ކޯޓޭޝަންތައް ބާޠިލްކުރުމުގެ ފުރިހަމަ އިޙްތިޔާރު އެމް.ޑަބްލިއު.އެސް.ސީ. އަށް ލިބިގެންވެއެވެ. އަދި ހަމަމިއާއެކު މި އިޢުލާން ކޮންމެ ވަގުތެއްގައިވެސް ބާޠިލްކުރުމުގެ އިޙްތިޔާރު ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3209 332 ނަންބަރު ފޯނު ނަންބަރު މެދުވެރިކޮށް ޕްރޮކިއޮމަންޓް ޑިޕާޓްމަންޓް އަށެވެ.

 

މަޢުލޫމާތު ސާފުކުރުން:

މިތަކެތި ސަޕްލައިކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 15 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އެމް.ޑަބްލިއު.އެސް.ސީ.ގެ ހެޑްއޮފީސް (ފަސްވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުން އެދެމެވެ.

 

ކޯޓޭޝަން ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައި ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކުރައްވާފައެވެ.

 

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

"ކޮންކްރީޓް ކޯން އަދި ކަވަރު"

އިޢުލާން ނަންބަރ:  MWSC-A/7/ADV/2017/063

 

ކޯޓޭޝަން ހުޅުވުން:

ކޯޓޭޝަން ހުޅުވުމަށް ހަމަޖެހިފައިވަނީ 20 ޖޫން 2017 ވާ  ހޯމަ ދުވަހުގެ 11:00 ގައި އެމް.ޑަބްލިއު.އެސް.ސީ. ހެޑްއޮފީހުގެ ފަސްވަނަ ފަންގިފިލާގައި، ކޯޓޭޝަން ހުށަހަޅުއްވާފަރާތްތަކުގެ ހާޒިރުގައެވެ. މިގަޑިއަށް ފަހު ލިބޭ ހުރިހާ ކޯޓޭޝަން ބާޠިލްކުރެވޭނެއެވެ.

 

ވީމާ، މި ތަކެތި ފޯރުކޮއްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 15 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މަޢުލޫމާތު ސާފކުރެއްވުމަށްފަހު، 20 ޖޫން 2017 ވާ  ހޯމަ ދުވަހުގެ ދުވަހުގެ 11:00 އަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

 

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

13 ޖޫން 2017
ހޯދާ