ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ނެޓްބޯލް ކޯޗުންނާއި އަމްޕަޔަރުން ރަޖިސްޓަރވުމަށް ހުޅުވާލުން

ނެޓްބޯޅަ ކޯޗުން އަދި އަމްޕަޔަރުންނާއި ގުޅުންހުރި އެންމެހާ ކަންތައްތައް އިތުރަށް ހަރުދަނާ ކުރުމުގެ މަޤްޞަދުގައި މިފަރާތްތައް އެސޯސިއޭޝަންގައި

ރަޖިސްޓްރީވުމަށް ހުޅުވާލުމަށް މި އެސޯސިއޭޝަނުންވަނީ ނިންމަވާފައެވެ.

 

ވީމާ، މި އެސޯސިއޭޝަނުން ހިންގާ ހަރަކާތްތަކުގައި އެހީތެރިކަން ފޯރުކޮށްދެއްވަން ބޭނުންވެލައްވާ ފަރާތްތަކުން، 03 ޖުލައި 2017 ވަނަ ދުވަހުގެ

14:00 ގެ ކުރިން މިއެސޯސިއޭޝަންގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

 

ރަޖިސްޓްރޭޝަން ފޯމް ޒުވާނުންގެ މަރުކަޒުގައިވާ މި އެސޯސިއޭޝަންގެ އޮފީހުންނާއި އެސޯސިއޭޝަންގެ ވެބްސައިޓު

http://netball.mv/downloads.php އިން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ. ފޯމާއިއެކު ސެޓްފިކެޓްގެ ކޮޕީއެއް ހުށައެޅުމަށް ދަންނަވަމެވެ. އަދި ސެޓްފިކެޓް ކޮޕީ ހުށަނާޅާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

08 ޖޫން 2017
ހޯދާ