މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު:

ސީނިއަރ އޮފިސަރ

ބޭނުންވާ ޢަދަދު

 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

އެޑްމިން އެންޑް އެޗް އާރް /ހެޑް އޮފީސް، މާލެ

އަސާސީ މުސާރަ:

5100.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ސާރވިސް އެލަވަންސް: އަސާސީ މުސާރައިގެ %60

ފުޑް އެލަވަންސް: ދުވާލަަކަށް 60.00 ރުފިޔާ

އިތުރު ގަޑީގައި ނުވަތަ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން ފައިސާ ލިބޭނެއެވެ.

ޝަރުޠު:

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން  ސާބިތު  ކޮށްދިނުމާއިއެކު  އޭ.ލެވެލް އިމްތިޙާނުން ތިންމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު، ސެކަންޑަރީ ސްކޫލް  ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި'  މިމާއްދާއިން އިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުން. އަދި ގުޅުންހުރި ދާއިރާއެއްގައި ވަޒީފާގައިއުޅެ ތަޖްރިބާ ލިބިފައިވުން.
 

ނޯޓް: - މަތީގައިވާ މަޤާމުގެެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތުހަމަވާ ފަރާތްތަކަށެވެ.   

މަތީގައި ދެންނެވިފައިވާ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 ޖޫން 2017 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފް ކޮޕީ(އަސްލާއެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީން ތައްގަނޑު ޖަހާފައިވާ އަސްލު) އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު) އާއި ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭގޮތުގެ ލިޔުމެއް. އަދި ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ތަކުގެ ކޮޕީ ( އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލާއެކު)  ވަޒީފާއަށް އެދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް އަށް ސިޓީއަކުން ހުށަހެޅުއްވުމަށް ދެންނެވީމެވެ. އީމެއިލް ކުރައްވާނަމަ reception@mifco.com.mv އަށް އީމެއިލް ކުރެވުމަށް ދެންނެވީމެވެ. ފެކްސް ކުރައްވާނަމަ 3323955 ނަމްބަރަށް ފޮނުއްވުން އެދެމެވެ.  އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3323932އެކްސްޓެންޝަން 247 އަށް ގުޅުއްވުން އެދެމެވެ.

17 ރަމަޟާން 1438

                     12  ޖޫން   2017  

12 ޖޫން 2017
ހޯދާ