ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މެނޭޖަރ

ނަންބަރު: FNK/A/IUL/2017/249   

ވަޒީފާގެ ފުރުޞަތު

ކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް މީހުން ހޯދުމަށް ބޭނުންވެއެވެ.

މެނޭޖަރ

މަޤާމް:

(1) އެކެއް

ބޭނުންވާ އަދަދު:

ހެޑް އޮފީސް / ކ.މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓް

ޑިޕާޓްމަންޓް:

10100ރ، ( ދިހަހާސް އެއްސަތޭކަ ރުފިޔާ )

މުސާރައާއި އިނާޔަތްތައް:

މުސާރައިގެ %40

ސަރވިސް އެލަވަންސް:

މުސާރައިގެ %20

ޙާޒިރީ އެލަވަންސް:

މުސާރައިގެ %40

އިތުރުގަޑީގެ އެލަވަންސް:

(ހ) ސޭފްޓީ އެންޑް ސެކިއުރިޓީ ދާއިރާއިން ޑިޕްލޮމާ ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ކޯހެއް ފުރިހަމަކޮށްފައިވުން.

(ށ) އުމުރުން 30 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން.

(ނ) ސޭފްޓީ އެންޑް ސެކިއުރިޓީ ދާއިރާއެއްގައި މަދުވެގެން 5 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުން.

(ރ) ލީޑަރޝިޕް ރަގަޅު މީހުންގޮވައިގެން އުޅެން ދަންނަ މީހެއް ކަމުގައިވުން.

(ބ) ވަޒީފާގެ މާހައުލުގައި ހުންނަ އަދި ދިމާވެދާނެ ނުރައްކާތައް ބަލާ، ދެނެގަނެ އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެނގުން.

 

ފެންވަރު ނުވަތަ ޝަރުތު:

 

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ  10:00 – 14:00 އަށް ލިބެންހުންނާނެއެވެ.  އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތައުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 ޖޫން 2017 އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، އެޓެސްޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް އަދި 3 މަސް ދުވަސްހަމަވެފައި ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:

އިންޓަރވިއުކުރުމަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭފަރާތްތަކަށެވެ.

މިމަޤާމްތަކަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

 

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

ވެބްސައިޓް: www.fenaka.com.mv

17 ރަމަޟާން 1438

12 ޖޫން    2017

12 ޖޫން 2017
ހޯދާ