ދިވެހިރާއްޖެ
މިނަމާޓާ އިނިޝިއަލް އެސެސްމަންޓް ހެދުމަށް ކޮންސަލްޓެންޓެއް ހޯދުމާބެހޭ
ޝައުގުވެރިކަން ފާޅުކުރުމުގެ ދައުވަތު
މިނަމާޓާ އިނިޝިއަލް އެސެސްމަންޓް ކޮންސަލްޓަންޓް
މިނަމާޓާ ކޮންވެންޝަނަކީ، މާކިއުރީ މާއްދާއިން ފޯރާ ނޭދެވޭ އަސަރުތަކުން އިންސާނުންގެ ސިއްހަތާއި ތިމާވެށި ރައްކާތެރިކުރުމަށް އެކުލަވާލާފައިވާ ބައިނަލްއަޤުވާމީ ކޮންވެންޝަނެކެވެ. ދިވެހިރާއްޖޭން މި ކޮންވެންޝަން ތަސްދީޤުކޮށް ތަންފީޒުކުރުމަށް އެހީވުމުގެގޮތުން ކުރިޔަށްގެންދާ "ޑިވެލޮޕްމަންޓް އޮފް މިނަމާޓާ އިނިޝިއަލް އެސެސްމަންޓް އިން މޯލްޑިވްސް" މަޝްރޫޢުއަކީ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) އާއި މި މިނިސްޓްރީއާ ގުޅިގެން ހިންގާ މަޝްރޫޢުއެކެވެ.
މި މަޝްރޫޢުގެދަށުން ހަދަންޖެހޭ "މިނަމާޓާ އިނިޝިއަލް އެސެސްމަންޓް" އާއި މި އެސެސްމަންޓް އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތްތައް (ޓީ.އޯ.އާރު ގައި ބަޔާންކޮށްފައިވާގޮތަށް) ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހުޅުވައިލަމެވެ. މި މަސައްކަތް ކުރުމަށް އެދި ހުށަހަޅަންވާނީ އިންޑިވިޑުއަލް ކޮންސަލްޓަންޓެކެވެ.
އުޖޫރަ:
މި މަސައްކަތަށް ޖުމްލަ 240,000 (ދެލައްކަ ސާޅީސްހާސް ) ރުފިޔާ ވަނީ ކަނޑައެޅިފައެވެ.) ތަފްސީލް ޓާރމްސް އޮފް ރިފެރެންސްގައި ހިމެނިފައި )
މަސައްކަތުގެ މުއްދަތު:
މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ފުރަތަމަ ސޮއި ކުރެވޭނީ 07 (ހަތެއް) މަސް ދުވަހުގެ ކޮންޓްރެކްޓެއްގައެވެ.
ހުށަހަޅަށްޖެހޭ ލިޔުންތައް:
ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ
ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާންޕަލް، ޕޯޓްފޯލިއޯ.
ސުންގަޑި
ޝަޢުޤުވެރިވާ ފަރާތްތަކުން 2017 ޖޫން 21 ވަނަ ދުވަހުގެ 12:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392 ، ދިވެހިރާއްޖެ
މާފަންނު، ހަނދުވަރީ ހިނގުން
ފޯނު ނަންބަރު 3018306 ، 3018329
އިތުރު މަޢުލޫމާތު:
މި މިސައްކަތުގެ " ޓާރމްސް އޮފް ރިފެރެންސް " މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3018306 ، 3018329 އަށް ގުޅުއްވުން އެދެމެވެ.
12 ޖޫން 2017