ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މެޖިސްޓްރޭޓް ކޯޓްތަކަށް ބޭނުންވާ ތަކެތި ހޯދުމާބެހޭ

ނަންބަރު: O8C-A/2017/04   

އިޢުލާން

 

މެޖިސްޓްރޭޓް ކޯޓްތަކަށް ބޭނުންވާ ތަކެތި ހޯދުމާބެހޭ

މިއަތޮޅުގެ މެޖިސްޓްރޭޓް ކޯޓްތަކަށް، 6 މަސްދުވަހަށް ބޭނުންވާ ސްޓޭޝަނަރީސް އާއި ސާފުކުރާ ސާމާނު ހޯދުމަށް ދެވަނަފަހަރަށް ކުރެވުނު މިކޯޓުގެ ނަމްބަރ :O8C-A/2017/2    އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރައްވާފައި ނުވާތީ، އެ އިޢުލާނު ބާޠިލް ކޮށް ތިރީގައި މިދަންނަވާތަކެތި ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

  • އޮފީސް ސާމާނު އަދި ސްޓޭޝަނަރީޒް
  • ސާފުކުރާ ސާމާނު

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 15 ޖޫން 2017 ވާ ބުރާސްފަތި ދުވަހު 11:00 އަށް، މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 ޖޫން 2017 ވާ ބުދަ ދުވަހު 11:00 އަށް، މިކޯޓަށް ވަޑައިގެން ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 21 ޖޫން 2017

އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 11:00

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓު

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.

17 ރަމަޟާން  1438

12 ޖޫން 2017

12 ޖޫން 2017
ހޯދާ