ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ޝައިޚާ ފާޠިމަތު ބިންތު މުބާރަކް ދުބާއީ ބައިނަލްއަގްވާމީ ޤުރުއާން މުބާރާތުގެ ދަޢުވަތު

އިޢުލާން

ޝައިޚާ ފާޠިމަތު ބިންތު މުބާރަކް ދުބާއީ ބައިނަލްއަގްވާމީ ޤުރުއާން މުބާރާތުގެ ދަޢުވަތު

 

ދުބާއީގައި 2017 ވަނަ އަހަރު ނޮވެންބަރުމަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި އަންހެން ބޭފުޅަކު ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށްވަނީ ލިބިފައެވެ. މި މުބާރާތުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅަކަށާއި އޭނާގެ އަރުހުގައި ވަޑައިގަންވާ މަޙްރަމަކަށް ޓިކެޓް ޚަރަދާއި، ހުރުމުގެ ޚަރަދު ޔުނައިޓެޑް ޢަރަބި އެމިރޭޓްސްއިން ދެއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

 

ބައިވެރިވުމުގެ ޝަރުޠު

 

  1. މުޅި ޤުރްއާން ތަޖުވީދުގެ ހަމަތަކާއެކު ހިތުދަސް އަންހެނަކު ކަމުގައިވުން.
  2. 01 ޖަނަވަރީ 2017 އަށް 25 އަހަރު ފުރިފައިނުވުން.

 

މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ ބައިވެރިއަކު ހޮވުމަށް ބޭނުންވާތީ މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކުން 22 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިން މިކަމަށް އެދި ޤުރުއާނާބެހޭ މަރުކަޒަށް ސިޓީއާއެކު ދިވެހިރައްޔިތެްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ. 

12 ޖޫން 2017
ހޯދާ