މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު- ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ (އެމް.އެސް 1)

މި ކައުންސިލުގެ މި ދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއެވެ.

މަޤާމު އަދި ރޭންކު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ  (އެމް.އެސް 1)

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ ޢަދަދު:

1 (އެކެއް)

މުސާރަ:

-/5610 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

މީޑިއާ ކައުންސިލް އެލަވަންސް:

1963/50  ރުފިޔާ

އިތުރު ގަޑި:

އިތުރު ގަޑީގައި މަސައްކަތްކުރާ ނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމު އޮތް އޮފީސް:

މޯލްޑިވްސް މީޑިއާ ކައުންސިލް، މާލެ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ޔުނިޓް:

މޯލްޑިވްސް މީޑިއާ ކައުންސިލް، ކޯޕަރޭޓް އެފެއާރޒް

މަގާމުގެ ޝަރުތުތައް:

 

  1. ފައިނޭންސް ނުވަތަ ހިންގުމުގެ ދާއިރާއާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2. ފައިނޭންސް ނުވަތަ ހިންގުމުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
  3. ފައިނޭންސް ނުވަތަ ހިންގުމުގެ ދާއިރާއާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ސަރުކާރުގެ މުދަލާއި ފައިސާއާއިބެހޭ ޤާވާޢިދާއި މާލިއްޔަތު ޤާނޫނާއި ޤަވާއިދުގައިވަ ގޮތުގެ މަތިން، ފައިސާއާބެހޭ އެންމެހާ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވުމާއި، ފައިސާއާބެހޭ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ފައިސާ ބަޖެޓުން ޚަރަދުކުރުމާއި، އަދި މިނޫންވެސް ފައިސާއާބެހޭ އެންމެހާ މުޢާމަލާތްތައް ހިންގާ ބެލެހެއްޓުން.
  2. މުވައްޒަފުންނަށް މުސާރައާއި، އެލަވަންސްއާއި އެހެނިހެން ފައިސާ ޤަވާޢިދުން ދިނުމުގެ ކަންތައް ކުރުން.
  3. ފައިސާ ޚަރަދުކުރުމުގެ ވައުޗަރއާއި، ވައުޗަރ ރަޖިސްޓްރީ އަދި ޗެކް ރަޖިސްޓްރީ ބަޖެޓް ބަލަހައްޓާ މުވައްޒަފަކުލައްވާ ތައްޔާރުކޮށް އެތަކެތި ޗެކް ކުރުން.
  4. ކޮންމެ އަހަރަކަށް ލަފާކުރާ މީޑިއާ ކައުންސިލްގެ ބަޖެޓް ތައްޔާރުކޮށް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން އަންގަވާ މުއްދަތަކަށް ލަފާކުރާ ބަޖެޓް އެމިނިސްޓްރީއަށް ފޮނުވުން.
  5. ކައުންސިލްގެ އިމާރާތުގައި މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތުކުރުމުގެ އެންމެހާ މަސައްކަތް ކުރުވާ ބެލެހެއްޓުމާއި، ކައުންސިލަށް ބޭނުންވާ ފަރުނީޗަރއާއި ފިޓިންގްސް ހޯދުމާއި އެތަކެތީގެ މަރާމާތުގެ މަސައްކަތްތައް ބެލެހެއްޓުން.
  6. ކައުންސިލުގެ މާލީ ބަޔާން ތައްޔާރުކުރުން.
  7. ތިޖޫރީއާއި ޕެޓީ ކޭޝްގެ ހިސާބުތައް ޤަވާޢިދުން ބެލެހެއްޓުމާއި ތިޖޫރީ ރިޕޯޓް ހަފްތާއަކު އެއްފަހަރު ހަދައި ފިނޭންސްއަށް ފޮނުވުން.
  8. ފައިނޭންސް ސެކްޝަނަށް އަންނަ ސިޓީ ބަލައިގަތުމާއި ސެކްޝަނުން ލިޔަންޖެހޭ ސިޓީއާއި ނޯޓް ފަދަ ތަކެތި ލިޔުމާއި އެތަކެތި ފައިލްކޮށް ބެލެހެއްޓުން.
  9. ކައުންސިލުގެ އެޗް.އާރު ސެކްޝަނުގެ މަސައްކަތްތައް ކުރުން. (މިމަސައްކަތްތައް ކުރައްވާ މުވައްޒަފު އޮފީހަށް ޙާޒިރުނުވާ ހާލަތެއްގައި)
  10. ކައުންސިލްގެ އެޗް.އާރު.އެމް.ޑީ ކޮމެޓީ މަސައްކަތްކޮށް ބެލެހެއްޓުން. (މިމަސައްކަތް ކުރައްވާ މުވައްޒަފަކު އޮފީހަށް ޙާޒިރުނުވާ ހާލަތެއްގައި)
  11.  ކައުންސިލުން ބަލަމުންގެންދާ މައްސަލަތައް ބެލުމުގައި އެހީތެރިވެދިނުމާއި ކައުންސިލްގެ އަހަރީ ރިޕޯޓް ހެދުމުގައި އެހީތެރިވެދިނުން.
  12.  ކައުންސިލުން ބާއްވާ ވޯކްޝޮޕް، ސެމިނާ އަދި އެހެނިހެން ޓްރޭނިންގ ޕްރޮގްރާމްތައް އިންތިޒާމް ކުރުމުގައި ބައިވެރިވެ އެހީތެރިވުން.
  13.  ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ހިނގާދިޔަ މަހުގެ ބަޖެޓް ރިޕޯޓް، ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން. (މިމަސައްކަތްތައް ކުރައްވާ މުވައްޒަފު އޮފީހަށް ޙާޒިރުނުވާ ހާލަތުގައި)
  14.  މީޑިއާ ކައުންސިލްގެ މެންޑޭޓްގައި ހިމެނޭ، އެއިރަކު އެހީތެރިކަމަށް ބޭނުންވާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

 

  1. ތަޢުލީމާއި ތަމްރީން.
  2. މަސައްކަތުގެ ތަޖުރިބާ.
    1. ވަޒީފާއާއި ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު
    2. އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.
    3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ގާބިލްކަމާއި ސިފަތަކަށް ބަލައި އިންޓަވިއުއިން އެންމަތީ މާކްސް ހޯދާ ފަރާތެއް.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މިކައުންސިލުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކައުންސިލުގެ ވެބްސައިޓްއިން ޑައުންލޯޑްކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ.
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ފޯމް ފޮނުވަންވީ ތާރީޚާއި ތަން:

2017 ޖޫން 22 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން މޯލްޑިވްސް މީޑިއާ ކައުންސިލަށް.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު، ޕްރެކްޓިކަލްސް އަދި އިމްތިހާނުކުރުން 2017 ޖުލައި 01 އާއި ޖުލައި 15 އާއި ދޭތެރޭގައި މިކައުންސިލުގައި އޮންނާނެއެވެ.

 

އިތުރު މަޢުލޫމާތު:

މަޤާމަށް އެދޭފޯމް މިކައުންސިލުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކައުންސިލުގެ ވެބްސައިޓް www.mmc.org.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ މިކައުންސިލުގެ ފޯން ނަންބަރު: 3003886 އާއި ގުޅުއްވުން އެދެމެވެ.

 

13  ރަމަޟާން 1438 

 

11 ޖޫން 2017
ހޯދާ