ދިވެހިރާއްޖެ
ނަންބަރ:A)AB-2017/189)
ވައަރލެސް ބޯޑު ރޫމް ސައުންޑް ސިސްޓަމެއް ގަންނަން ބޭނުންވެއްޖެ
އިޢުލާނު
ވައަރލެސް ބޯޑު ރޫމް ސައުންޑް ސިސްޓަމް، ގަންނަން ކޮށްފައިވާ ނަންބަރު A)AB-2017/127) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ބާޠިލްވާނެކަމަށް ބުނެފައިވާ މުއްދަތު ހަމަވެފައިވާތީ އެ އަންދާސީ ހިސާބުތައް ބާޠިލްކޮށް، މި ތަކެތި ވިއްކާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
ގަޑި |
ދުވަސް |
ތާރީޚް |
ތަފްސީލް |
13:30 |
އަންގާރަ |
13 ޖޫން 2017 |
މަޢުލޫމާތު ސާފުކުރުން |
13:30 |
އާދީއްތަ |
18 ޖޫން 2017 |
އަންދާސީ ހިސާބު ހުށަހެޅުން |
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3004428 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.
16 ރަމަޟާން 1438