ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

ވަޒީފާގެ ފުރުޞަތު

މަޤާމް:

އޮފީސް އެސިސްޓެންޓް

ވަޒީފާގެ ދާއިރާ:

އދ.ފެންފުށި އިންޖީނުގެ

ބޭނުންވާ ޢަދަދު:

01

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެފައިސާ:  

-/4,900ރ. އާއި -/9,000ރ. އާއިދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

ގްރޭޑް 10 ގެ ފެންވަރަށް ތަޢުލީމް ޙާޞިލްކޮށްފައިވުން ނުވަތަ؛

އިދާރީ ދާއިރާގައި މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

ދާއިރާގެ މައިގަޑު މަސައްކަތް:

އިންޖީނުގޭގައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ކަރަންޓްގެ ޚިދުމަތް ދެވޭތަންތަނުން ރީޑިންގ ނެގުމާއި، ބިލްހެދުމާއި، ބިލް ޙަވާލު ކުރުން، އަދި ފައިސާބަލައިގަތުމާއި ރިޕޯޓްތައް ތައްޔާރުކުރުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

2017 ޖޫން 15 ދުވަހުގެ 13.30 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުންނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް، 2017 ޖޫން 15  ވަނަ ދުވަހުގެ 13.30 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv     ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

މި ވަޒީފާތަކަކީ ކޮންޓްރެކްޓް އުޞޫލުން 6 މަސްދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާތަކެކެވެ. ނަމަވެސް، ކޮންޓްރެކްޓުގެ މުއްދަތުގެ ތެރޭގައި، ކުންފުނިން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ، 6 މަސްދުވަސް ހަމަވުމުން، ވަޒީފާ ދާއިމީކުރެވޭނެއެވެ

 

              16 ރަމަޟާން 1438 

             11    ޖޫން   2017

 

11 ޖޫން 2017
ހޯދާ