މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުނގޫފާރު ރައްޔިތުންގެ ވިޔަފާރިގެއަށް މެނޭޖަރެއް ހޯދުމަށް

`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

އުނގޫފާރު، ދިވެހިރާއްޖެ                    ނަންބަރު:  (IUL)303-AS/2017/14

އިޢުލާން

ވަޒީފާގެ ފުރުސަތު

މަޤާމް:              މެނޭޖަރ

މަޤާމުގެ އަދަދު:        1 ( އެކެއް )

މަސައްކަތް ކުރާތަން:     ރައްޔިތުންގެ ވިޔަފާރިގެ

މުސާރަ:             5020.00 ( ފަސްހާސް ވިހި ރުފިޔާ )

ސާރވިސް އެލަވަންސް:   މުސާރައިގެ %30

ހާޒިރީ އެލަވަންސް:      މުސާރައިގެ %20           

                  މަސައްކަތް ކުރައްވާ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް އާއި ހަމަޖެހިފައިވާ އުޞޫލުން ބަންދު ދުވަހުގެ ފައިސާ އަދި އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާއާއި  ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

1-      ދިވެހި، އިސްލާމް އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން

2-      ވިޔަފާރިއާއި ގުޅޭ ދާއިރާއަކުން ދަށްވެގެން ލެވަލް 3 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން ނުވަތަ އިދާރީ ދާއިރާއެއްގައި މަދުވެގެން 4 އަހަރު މަސައްކަތް ކޮށް ތަޖްރިބާ ލިބިފައިވުން

މަޤާމަށް މީހަކު ހޮވުމުގައި ލިބިފައިވާ ތަޖުރިބާއާއި އިންޓަވިއުއަށް ބެލެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:    1- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

                 2- އައިޑީ ކާޑް ( ކިޔަން އެގޭ ސާފް ) ކޮޕީ

                 3- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ލީވިންގް ސެޓްޕިކެޓްގެ ކޮޕީ

                 4- އެހެން ތަނެއްގެ ވަޒީފާއެއްގައި އުޅެފައިވާނަމަ އުޅެފައިވާ މުއްދަތު އެގޭގޮތަށް އެތަނުގެ ތައްގަޑުޖެހި ލިޔުން.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:  މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލް އިދާރާ

ވަޒީފާއަށް އެދި ހުށަހެޅުމުގެ ސުންގަޑި : 13 ޖޫން 2017، އަންގާރަ ދުވަހުގެ 12:00 ޖެހުމުގެ ކުރިން މިއިދާރާއަށެވެ.

މިމަޤާމަށް އެދިހުށައަޅާ ފަރާތްތަކަށް އިންޓަވިއުކުރުން އޮންނާނީ 15 ޖޫން 2017، ބުރާސްފަތި ދުވަހު ރ. އުނގޫފާރު ކައުންސިލްއިދާރާގައެވެ.

                   16  ރަމަޟާން  1438   

                        11   ޖޫން     2017                                                                                  ޢަބުދުއްނާޞިރު ޢަލީ

                                                           ކައުންސިލްގެ ރައީސް      

11 ޖޫން 2017
ހޯދާ