މަޤާމު: އެސިސްޓެންޓް އެކައުންޓް އޮފިސަރ
|
މުސާރަ އާއި އެލަވަންސް:
|
މަހަކު -/8000 ރުފިޔާ
|
މަޤާމުގެ ރޭންކް
|
AS7
|
ބޭނުންވާ ޢަދަދު
|
01
|
މަޤާމުގެ ބާވަތް
|
01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް
|
މަސައްކަތް ކުރަންޖެހޭތަން
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
ފައިނޭންސް އެންޑް ރެވެނިއު
|
މަޤާމުގެ ޝަރުތު:
|
ޖީ.ސީ.އީ އޭލެވެލް އިމްތިހާނު 4 (ހަތަރެއް) މާއްދާއިން ފާސްވުމާއެކު ދާއިރާއިން 1 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޭލެވެލް އިމްތިހާނު 2 (ދޭއް) މާއްދާއިން ފާސްވުމާއެކު ދާއިރާއިން 4 (ހަތަރެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް އިމްތިހާނު 4 (ހަތަރެއް) މާއްދާއިން ފާސްވެފައި ވުމާއެކު ދާއިރާއިން 2 ( ދޭއް ) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 3 ( ތިނެއް ) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ކުންފުނީގެ އިންޓަރނަލް އަދި އެކްސްޓަރނަލް އޮޑިޓްކުރުމަށް ހަޔަރ ކުރެވިފައިވާ އޮޑިޓް ފާމުން، ކުންފުނި އޮޑިޓްކުރުމުގައި ބޭނުންވާ ހުރިހާ މައުލޫމާތެއް ޔުނިޓް ހެޑާއި ޑިޕާޓްމަންޓް ހެޑްގެ ލަފާގެމަތިން އެފަރާތްތަކަށް ފޯރުކޮށްދިނުން.
- ކުންފުންޏަށް ދައްކަންޖެހޭ ޖީ.އެސް.ޓީގެ ހިސާބުތައް ތައްޔާރުކޮށް ދައްކަންޖެހޭ މުއްދަތުގައި ދެއްކުމަށްޓަކާ ކުރަންޖެހޭ މަސައްކަތްކޮށް ޤަވާއިދުން ޖީ.އެސް.ޓީ ބަޔާނާއި ދައްކަންޖެހޭ ފައިސާ ދައްކަމުން ގެންދިއުން.
- އެކައުންޓްސް ޔުނިޓުން ތައްޔާރުކުރާ ކުންފުނީގެ މާލީ ރިޕޯޓްތައް ޔުނިޓް ހެޑްގެ މަޝްވަރާގެ މަތިން ތައްޔާރުކުރުން.
- މަހުންމަހަށް ބޭންކުން ކުރެވޭ މުޢާމަލާތްތަށް ރިކޮންސައިލްކޮށް ބޭންކްގެ މުޢާމަލާތްތަށް ބެލެހެއްޓުން.
- އަހަރީ ބަޖެޓް ތަޔާރުކުރުމުގައި ކުރަންޖެހޭ މަސައްކަތް ކުރުން.
- ކުންފުނީގެ އެކައުންޓްސް ސޮފްޓްވެއަރ މެއިންޓެއިންކޮށް ބެލެހެއްޓުން.
- ކުންފުންޏަށް ގަނެވޭ އެސެޓްތަކަށް އެސެޓް ނަމްބަރުދީ އެސެޓް ރަޖިސްޓަރ މެއިންޓެއިންކޮށް ބެލެހެއްޓުން.
- އެކައުންޓްސް ޔުނިޓްގެ މަސައްކަތްތަކުގައި ޔުނިޓް ހެޑް އަދި ޑިޕާޓްމަންޓް ހެޑްގެ މަޝްވަރާގެ މަތިން މަސައްކަތްކުރުން.
|
އިތުރުގަޑި:
|
އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
- މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)
- ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
- ޕޮލިސް ރިޕޯޓް
- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.
|
އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:
|
- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ސުންގަޑި
|
މި މަގާމަށް އެދިލައްވާ ފަރާތްތަކުން 15 ޖޫން 2017 ވަނަ ދުވަހުގެ 15:00 ގެ ކުރިން މިކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ/ ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ. ނުވަތަ މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.
|
އިތުރު މަޢްލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.
|