ހިރިޔާ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓަރ

އެޑްމިނިސްޓްރޭޓަރ

މަޤާމް:

J-247473

މަޤާމުގެ ނަންބަރު:

1

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

އެމް.އެސް 3

މަޤާމުގެ ރޭންކް:

އެސިސްޓަންޓް ޑިރެކްޓަރ/ ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

އެޑްމިން

ސެކްޝަން:

ހިރިޔާ ސްކޫލް

މަޤާމް އޮތް އޮފީސް:

ހިރިޔާ ސްކޫލް، ކ. މާލެ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

7035.00 ރުފިޔާ

މުސާރަ:

2000.00 ރުފިޔާ

ސަރވިސް އެލެވަންސް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

އިތުރު ޢިނާޔަތްތައް:

  1. އޮފީސް ހުޅުވައި ލެއްޕުމުގެ ކަންތައް ބެލެހެއްޓުން.
  2. ސަރުކާރުގެ ފައިސާއާބެހޭ އާންމު ގަވާއިދުތަކާއި ހަމަތަކުގެމަތިން ސްކޫލަށް ބޭނުންވާ ހުރިހާ ޚަރަދުތަކެއް ކުރަމުންގެންދެވޭގޮތް ބެލުމާއެކު، މި ޚަރަދުތައް ކުރެވޭގޮތާއި ޚަރަދުތައް ހިނގާ ނުހިނގާ ގޮތް ބެލެހެއްޓުން.
  3. އެ އަހަރަކަށް ހަމަޖެހިފައިވާ ބަޖެޓުން ޚަރަދުތައް ހަމަޖެއްސޭތޯ ބެލުމުގެގޮތުން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރުން.
  4. ސްކޫލުގެ ބަޖެޓަށް ބޭނުންވާ ފައިސާ ބަޖެޓަށް އިތުރުކުރުމުގެގޮތުން ނުވަތަ އެއް އައިޓަމުން އަނެއް އައިޓަމަށް ބަދަލުކުރުމުގެގޮތުން ކުރަންޖެހޭ ކަންތައްތައް، ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ކުރުން.
  5. ސްކޫލުގެ މުވައްޒަފުންނާއި ޓީޗަރުންނަށް މުސާރައާއި އެހެނިހެން ފައިސާ ދިނުމާ ގުޅޭގޮތުން، ވެރިއެއްގެ ހައިސިއްޔަތުން ބަލަހައްޓަންޖެހޭ ކަންތައްތައް ބެލެހެއްޓުން.
  6. ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުން.
  7. ސްކޫލުގެ އިދާރީ ކަންކަމާ ގުޅޭ މަސައްކަތްތައް ހިންގުމާއި، އެކަންކަން ހަރުދަނާކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުން.
  8. ސްކޫލްގެ ބަޖެޓް ކޮމެޓީގެ އެންމެހާ ކަންތައްތައް ޕްރިންސިޕަލްގެ އިރުޝާދުގެ ދަށުން ބެލެހެއްޓުން.
  9. ދުވަހުގެ ޔައުމިއްޔާ ޗެކްކޮށް ރަގަޅަށް ފުރިހަމަކުރެވިފައިވޭތޯ ބައްލަވާ ސޮއި ކުރުން.
  10. ކިޔަވައިދިނުމާ ސީދާ ގުޅުމެއް ނެތް އެންމެހައި މުވައްޒަފުންގެ މަސައްކަތްތައް ބެލެހެއްޓުމާއި އެޕްރައިޒަލް ފޯމްތައްފުރާ ނިންމަންޖެހޭ ތާރީހަށް ނިންމުން.
  11. ސްކޫލަށް ހޯދޭ މުދަލާއި ތަކެތީގެ އިންވެންޓްރީއާއި ސްޓޮކްގެ އެންމެހައި ކަންތައް ބެލެހެއްޓުން.
  12. ސްކޫލުގެ އެންމެހައި އިމާރާތްތައް މަރާމާތުކުރުވުމާއި ބެލެހެއްޓުން.
  13. ސްކޫލުގެ އެންމެހައި އިމާރާތްތަކާއި ގޯތިތެރެ އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
  14. ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތުން ސެކިއުރިޓީ ބަލަހައްޓަމުން ގެންދާގޮތް އޮބްޒާރވްކޮށް، ދުވަހުން ދުވަހަށް މޮނީޓަރކޮށް ބެލެހެއްޓުން.
  15. ސްކޫލުގެ އިމާރާތްތަކާއި ތަކެތި އެކި ފަރާތްތަކަށް ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
  16. ސްކޫލުން އެކި ފަރާތްތަކާ ކުރާ އެގްރީމަންޓް ތައްޔާރުކޮށް، އެއާ އެއްގޮތަށް މަސައްކަތްކުރޭތޯ ބަލައި ޗެކްކުރުން.
  17. ސްކޫލުގެ އެންމެހައި އިމާރާތްތައް ރައްކާތެރިކަމާއެކު ތަޅުލައި ބެލެހެއްޓުމާއި، މަރާމާތުކުރަންޖެހޭ ތަންތަނާއި ތަކެތި މަރާމާތުކުރުމުގެ ކަންތައްތައް، ޕްރިންސިޕަލްގެ މަޝްވަރާގެމަތިން ބެލެހެއްޓުން.
  18. މަތީގައިވާ ކަންކަމުގެ އިތުރުން، ސްކޫލުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގައި، ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ކުރަންޖެހޭ ކަންތައްތައް ކުރުން.
  19. ސްކޫލްގެ އަހަރީ ރިޕޯރޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ތާރީޙަށް ފޮނުވުން.
  20. ސްކޫލްގެ ޓްރަސްޓް ފަންޑްއާއި ގުޅުން ހުރި މަސައްކަތްތައް ހަވާލުކުރެވިފައިވާ މުވައްޒަފު ލައްވާ ބެލެހެއްޓުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

5. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ވަޒީފާއަށް އެދޭ ފޯމު ހިރިޔާ ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 ޖޫން 18 ވާ އާދީއްތަ ދުވަހުގެ 13.30 ގެ ކުރިން، ހިރިޔާ ސްކޫލް އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 3305815 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

   

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2017 ޖޫން 19 އާއި 2017 ޖޫން 22 އާ ދެމެދު، ހިރިޔާ ސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން:

 

30 އިންސައްތަ

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3307500 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3305815 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

އިތުރު މަޢުލޫމާތު ހޯދުން:

 

 

13 ރަމަޟާން 1438

08 ޖޫން 2017
ހޯދާ