ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެސިސްޓަންޓް އޮފިސަރއެއް ބޭނުންވެއްޖެ
60-ADM/2017/153 :ނަންބަރ
ވަޒީފާގެ ފުރުޞަތު
މިކުންފުނީގެމިދަންނަވާމަޤާމަށްމުވައްޒަފު(ން)ބޭނުންވެއްޖެއެވެ.
މަޤާމް: |
އެސިސްޓަންޓް އޮފިސަރ |
ބޭނުންވާ ޢަދަދު: |
01 |
އަސާސީ މުސާރަ: |
މަހަކު -/3380 ރުފިޔާ |
މަސައްކަތް ކުރަންޖެހޭތަން: |
އެސްޓީއޯ މެޑިކަލް ވެއަރހައުސް / މެޑިކަލްސް ޑިޕާރޓްމަންޓް |
އެހެނިހެން އިނާޔަތްތައް
- އިތުރު އެލަވަންސްގެ ގޮތުގައި މަހަކު -/2000 ރުފިޔާއާއި -/2500 ރުފިޔާއާ ދެމެދުގެ ޢަދަދެއް ލިބޭނެއެވެ.
- ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ލިބޭނެއެވެ.
- މަތީތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
- އިތުރުގަޑީގައި، އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތު
- މުދާތައް ބަލައިގަތުން
- މުއްދަތު ހަމަވާ މުދަލާއި ހަލާކުވަފައިވާ މުދާތައް ބަލައި ނައްތާލުމަށްޓަކައި އަންގަންޖެހޭ ފަރާތްތަކަށް އެންގުން
- ހޮސްޕިޓަލް، ފާރމަސީ އަދި އެހެނިހެން ތަންތަނަށް ފޮނުވާ ބޭސްތައް ފޮނުވުމުގެ އިންތިޒާމް ހަމަޖެއްސުން
- ތަނާ ގުޅުން ހުރި އެހެނިހެން މަސައްކަތް ކުރުން
ފެންވަރު ނުވަތަ ޝަރުތު
- ޖީސީއީ އޯލެވެލް 3 މާއްދާ އިން ދައްވެގެން "ސީ" ފާސް ލިބިފައިވުން
އެހެނިހެން ހުނަރު
- މައިކްރޯސޮފްޓް ވޯޑް އަދި އެކްސެލްއަށް ފަރިތަވުން
- ފާރމަސީ ދާއިރާއިން ނުވަތަ މަޤާމާއި ގުޅުންހުރި ދާއިރާއަކުން ތަޢުލީމް ލިބިފައިވާ ފަރާތްތަކާއި މަޤާމާއި ގުޅުންހުރި ދާއިރާއަކުން މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ
ސުންގަޑި
މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2017 ޖޫން 14 ވާ ބުދަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯއަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން (http://sto.mv/Downloads.aspx) ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.
ނޯޓް
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
- މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުތަޖުރިބާ އަދި އިންޓަވިއުއަށްބަލައި އެންމެމަތިން މާކްސްލިބޭ ފަރާތްތަަކެވެ.
- އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
- ގުޅޭނެ ނަންބަރު: 3344179/3344368 / އީމެއިލް އެޑްރެސް:[email protected]
2017 ޖޫން 08
08 ޖޫން 2017
ހޯދާ