ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް
ދިވެހިރާއްޖެ
ކޯސް ކަރިކިއުލަމް އެކުލަވައިލުން

ކޯސް ކަރިކިއުލަމް އެކުލަވައިލުން


އައި.އެމް.އޯ މޮޑެލްގެ STCW’2010 ކޮންވެންޝަންގެ ޗެޕްޓަރVގެ ސެކްޝަންA-V/1-1 ގައި ނަންގަނެވިފައިވާ ތިރީގައިވާ ކޯސްތައް މިސެންޓަރުގައި ކިޔަވައިދިނުމަށްޓަކައި ކޯހުގެ އައުޓްލައިން ސްޓްރަކްޗަރާއެކު ޑީޓެއިލް ޓީޗިންގ ސިލަބަސް ލިޔުމަށް ބޭނުންވެއެވެ.

1-     "ޕްރޮފިޝަންސީ އިން ބޭސިކް އޮއިލް އެންޑް ކެމިކަލް ޓޭންކަރ އޮޕަރޭޝަންސް"

2-     "ޕްރޮފިސަންސީ އިން އެޑްވާންސްޑް އޮއިލް ޓޭންކަރ އޮޕަރޭޝަންސް"

3-     "ޕްރޮފިސަންސީ އިން އެޑްވާންސްޑް ކެމިކަލް ޓޭންކަރ އޮޕަރޭޝަންސް"

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުން ތިރީގައިވާ ގަޑިއަށް ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް (ކ.ވިލިނގިލި) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ގަޑިއަށް ވަޑައިގެން، ސީ.ވީ އާއެކު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ބަލައިގަނެވޭނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. މި މަސައްކަތަށް އެދިވަޑައިގެން އަންދާސީހިސާބު ހުށަހަޅުއްވަންވާނީ މަތީގައި ބަޔާންކޮށްފައިވާ މާއްދާއާގުޅޭ ދާއިރާއަކުން މާސްޓަރޒް ޑިގްރީ، ބެޗްލަރޒް ޑިގްރީ ނުވަތަ ޑިޕްލޮމާ ހާސިލު ކުރައްވާފައިވާ ފަރާތްތަކުންނެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށްވެސް އަންދާސީ ހިސާބު ހުށަހެޅުއްވޭނެއެވެ.

ތަފުސީލު

ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

15 ޖޫން 2017

12:00

އަންދާސީހިސާބު ހުށަހެޅުއްވުން

22 ޖޫން 2017

12:00

އިތުރު މަޢުލޫމާތު ބޭނުންފުޅުވެވަޑައިގަންނަވާނަމަ،33906761 ނުވަތަ 3390983 ނަންބަރާ ގުޅުއްވުން އެދެމެވެ.

13 ރަމަޟާން 1438

08 ޖޫން 2017

 

08 ޖޫން 2017
ހޯދާ