މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން ބ.ކުޑަރިކިލުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ނެޓްބޯޅަ ކޯޓް ގާއިމްކޮށްދިނުމުގެ މަސައްކަތްކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)313-F/313/2017/45 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ.
  2. ބީލަން ފޮތް ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 14:00 އަށް މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލް ގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. މިމަޝްރޫއުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 15 ޖޫން 2017 ވާ (ބުރާސްފަތި) ދުވަހުގެ 11:30 ގައި ބ.ކުޑަރިކިލު ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމްގައެވެ.
  3. ބިޑް ހުޅުވުން އޮންނާނީ 21 ޖޫން 2017 ވާ (ބުދަ) ދުވަހުގެ 11:30ގައި މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ރޫމްގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ތިރީގައިވާ މައުލޫމާތު ލިޔެފައި ހުންނަން ވާނެއެވެ.

ހ. "މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލުގައި ނެޓްބޯޅަ ކޯޓެއް ގާއިމްކުރުމުގެ މަސައްކަތް"

ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު

ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު

ރ. ބީލަމާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ ބީލަން ޤަބޫލު ނުކުރެވޭނެއެވެ.

 

 

 

  • ·        މާކްސް ދެވޭނެ ގޮތްތައް:

އަގަށް:

70%

(އެންމެ ކުޑައަގު ހުށަހަޅާ ފާރާތަށް އެންމެ ގިނަ ޕޮއިންޓް)

މުއްދަތަށް:

20%

(އެންމެ ކުރުމުއްދަތު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަޕޮއިންޓް)

ޤާބިލްކަމަށް:

05%

މިފަދަ މަސައްކަތްތައް ވޭތުވެދިޔަތަނުގައި އެކަށީގެންވާގޮތުގައި ކޮށްފައިވާ ފަރާތްތަކަށް އެންމެ ގިނަ މާކްސް

މަސައްކަތުގެ ފެންވަރަށް

05%

ފެންވަރަށް ބަލާނީ މިކައުންސިލުން އެކުލަވާލާފައިވާ އިވެލުއޭޝަން ކޮމިޓީންނެވެ. މިހާތަނަށް މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ، އެމަސައްކަތުގެ ތަފްސީލް ހުށަހެޅުމުން ބަލައި މާކްސް ދެވޭނެވެ

 

      މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

            12ރަމަޟާން 1438

            07ޖޫން    2017

07 ޖޫން 2017
ހޯދާ