ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
2017 ވަނަ އަހަރުގެ 2 ވަނަ ޓާމުގައި ފައްޓާ އިތުރު ބައެއް ކޯސްތަައް (ހެލްތު ދާއިރާ)

އިޢުލާން

 

ތިރީގައި އެވަނީ މިޔުނިވަރސިޓީގައި ޖުލައި 2017 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކެއްގެ މަޢުލޫމާތެވެ. މި ކޯހަށް ފޯމު ބަލައިގަންނާނީ 11 ޖޫން 2017 ވާ އާދިއްތަ ދުވަހުން ފެށިގެން 15 ޖޫން 2017 ވާ ބުރާސްފަތި  ދުވަހުގެ ނިޔަލަށެވެ. މިކޯސްތަކާ ބެހޭ އިތުރު ތަފްސީލު މި އިޢުލާނާ އެކުގައިވާ އިންފޮމޭޝަން ޝީޓުގައިވާނެއެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެ އެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.

ފެކަލްޓީ އޮފް ހެލްތު ސައިންސަސް

 

.1 އެޑްވާންސްޑް ސެޓްފިކެޓް އިން ނާރސިންގ - ކ. މާލެ، ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ، ސ. ހިތަދޫ

 .2ޑިޕްލޮމާ އިން ނާރސިންގ – ކ. މާލެ، ހދ. ކުޅުދުއްފުށި

 .3އެޑްވާންސްޑް ޑިޕްލޮމާ އިން ކްރިޓިކަލް ކެއަރ ނާރސިންގ - ކ. މާލެ

 .4އެޑްވާންސްޑް ޑިޕްލޮމާ އިން މިޑްވައިފަރީ - ކ. މާލެ، ސ. ހިތަދޫ

 .5ޑިޕްލޮމާ އިން ޕްރައިމަރީ ހެލްތް ކެއަރ - ކ. މާލެ

 .6ޑިޕްލޮމާ އިން ފާމަސީ - ކ. މާލެ

 .7ޑިޕްލޮމާ އިން ކައުންސެލިންގ - ކ. މާލެ

 .8ޑިޕްލޮމާ އިން މެޑިކަލް ލެބޯރަޓަރީ ސައިންސް - ކ. މާލެ

06 ޖޫން 2017
ހޯދާ