ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

        

ވަޒީފާގެ ފުރުޞަތު

ތާރީޚް

 

04 ޖޫން 2017

ނަންބަރު

(IUL)168-CA/1/2017/14

ކޮމިޝަން ބިއުރޯ

މަޤާމު:

މީޑިއާ އޮފިސަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/10,550 ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި

ހެނދުނު 8:00 އިން  މެންދުރުފަހު 15:00 އަށް

ޝަރުޠު:

  1. މަސައްކަތާގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 7 ވަނަ ސަނަދު ޙާޞިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން، ނުވަތަ
  2. 2.     މަސައްކަތާގުޅޭ ދާއިރާއަކުން ޑިޕްލޮމާ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 5 ވަނަ ސަނަދު ޙާޞިލުކޮށްފައި ވުމާއެކު، މަސައްކަތާގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

މީޑިއާ އޮފިސަރގެ މަގާމާގުޅޭ ދާއިރާގެ ސަނަދުގެ ގޮތުގައި ބަލާނީ  މާސް ކޮމިއުނިކޭޝަން، ޖަރނަލިޒަމް ނުވަތަ މަސައްކަތާގުޅޭ މިނޫންވެސް ދާއިރާއަކުން ހާޞިލް ކޮށްފައިވާ ތަޢުލީމީ ސަނަދު ތަކެވެ.

މަޤާމުގެ މަސްއޫލިއްޔަތު

1-         ކޮމިޝަނުގެ ކޮމިއުނިކޭޝަންސް އެންޑް ޕީ.އާރް ސްޓްރެޓެޖީއާ އެއްގޮތައް ކޮމިޝަނުގެ މަސައްކަތްތައް ރާވައި ހިންގާ އާއްމުކުރުމުގެ މަސައްކަތްތައްކުރުން،

2-         ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ފޯރުކޮށްދެވޭނެ އިންތިޒާމު ޑިރެކްޓަރގެ ލަފާގެ މަތިން ހަމަޖެއްސުން،

3-         ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ޚަބަރު/ނޫސްބަޔާން ތައްޔާރުކޮށް އާއްމުކުރުން،

4-         ކޮމިޝަނުން މީޑިއާއަށް މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރެސް ބްރީފިންގ/ޕްރެސް ކޮންފަރެންސް  ބޭއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުން.

5-         ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭ ޚަބަރުތައް ކޮމިޝަނުގެ ސޯޝަލް މީޑިއާ ޕްލެޓްފޯރމް ތަކުގައި އާއްމުކުރުން.

6-         މީޑިއާގެ ޒަރީއާއިން ފަތުރާ އިންސާނީ ހައްޤުތަކާއި ގުޅުންހުރި ޚަބަރުތައް ދިރާސާކޮށް މެމްބަރުންގެ ސަމާލުކަމަށް ގެންއުން އަދި އެ ޚަބަރުތައް އަރުޝީފު ކުރުން،

7-         ކޮމިޝަނުން ނެރޭ ނިއުސް ލެޓަރގެ މަސައްކަތްތައް ކުރުން،

8-         ކޮމިޝަނުން ތައްޔާރުކުރާ ލުއިފޮތް، އަތްމަތީ ފޮތް ، ރިޕޯރޓް، އަދި އެހެނިހެން ހަރަކާތްތަކަށް ތައްޔާރުކުރާ ވީޑިއޯ ކްލިޕްސް/ ވީޑިއޯ ސްޕޮޓްސް، ތައްޔާރުކުރުމުގައި އެހެން ޑިޕާރޓްމަންޓްތަކަށް ދޭންޖެހޭ އެހީތެރިކަން ދިނުން،

9-         ކޮމިޝަނުން ބާއްވާ ޚާއްސަ ޙަރަކާތްތަކާއި ބައްދަލުވުންތަކާއި ޖަލްސާތަކާ އަދި އެހެނިހެން އިވެންޓްތަކުގެ ފޮޓޯ/ވީޑިއޯ ނެގުން،

10-     ނޫސްބަޔާން، ޚަބަރު އަދި މީޑިއާގެ މަސައްކަތްތަކާ ގުޅޭ އެހެނިހެން ލިޔެކިއުންތައް ގަވާއިދުން ފައިލްކޮށް ބެލެހެއްޓުން.

11-     ކޮމިޝަނުން ބޭނުންވެއްޖެ ޙާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން،

12-     އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.

މަޤާމު:

އެސިސްޓެންޓް އިންސްޕެކްޝަން އޮފިސަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/9,550 ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި

ހެނދުނު 8:00 އިން  މެންދުރުފަހު 15:00 އަށް

ޝަރުތު:

  1. މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަޑުގެ 5 ވަނަ  ސަނަދު) ހާސިލް ކޮށްފައިވުމާއެކު މަޤާމާގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 
  2. މަސައްކަތާ ގުޅޭ ދާއިރާއަކުން އެޑްވާންސް ސެޓްފިކެޓް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަނޑުގެ 4 ވަނަ ސަނަދު) ހާސިލްކޮށްފައި ވުމާއެކު މަސައްކަތާ ގުޅޭ  ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މަސްޢޫލިއްޔަތު

  1. އެންޓި-ޓޯޗަރ އެކްޓް އަދި ކޮންވެންޝަންސް އެގެއިންސްޑް ޓޯޗަރ އާއި އެއްގޮތްވާ ގޮތުގެ މަތިން، އަނިޔާވެރި، ލާއިންސާނީ އަދި ދަށުދަރަޖައިގެ އަމަލުކުރުމާއި އަދަބު ދިނުން ހުއްޓުވުމާއި، މިނިވަންކަން ގެއްލޭގޮތަށް މީހުންބައިތިއްބާފައި ތިބޭ ތަންތަނަށް ޒިޔާރަތްކޮށް އެތަންތަން އިންސްޕެކްޓްކޮށް މޮނިޓަރ ކުރުމާއި މި ޒިޔާރަތްތަކުގެ ރިޕޯޓް ތައްޔާރުކުރުން،
  2. މިނިވަންކަން ގެއްލޭގޮތަށް މީހުންބައިތިއްބައިފައި ތިބޭ ތަންތަނަށް ޒިޔާރަތް ކުރުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން،
  3. މިނިވަންކަން ގެއްލޭގޮތަށް ބައިތިއްބާފައި ތިބޭ ފަރާތްތަކުން ހުށަހަޅާ މައްސަލަތައް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ސަމާލުކަމަށް ގެނައުން،
  4. މިނިވަންކަން ގެއްލޭގޮތަށް ބައިތިއްބާ މީހުންނާއި މިފަދަ ތަންތަން ބެލެހެއްޓުމާއި ހަވާލުވެގެން ތިއްބަވާ ފަރާތްތަކާއި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުން މިފަދަ ތަންތަނުގައި އަނިޔާވެރި، ލާއިންސާނީ އަދި ދަށުދަރަޖައިގެ އަމަލުކުރުމާއި އަދަބު ދިނުން ހުއްޓުވުމާއި ގުޅޭގޮތުން ހެދިފައިވާ ބައިނަލް އަޤްވާމީ، ސަރަޙައްދީ މުޢާޙަދާތަކާއި، ޤަރާރުތަކާއި، ސްޓޭންޑަޑްތަކާއި، އަދި ރާއްޖޭގައި ހެދިފައިވާ ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރިވުމަށް މައުލޫމާތު ހޯދުން،
  5. މިނިވަންކަން ގެއްލޭގޮތަށް މީހުން ބައިތިއްބާފައި ތިބޭ ތަންތާންގައި އަނިޔާވެރި، ލާއިންސާނީ އަދި ދަށުދަރަޖައިގެ އަމަލުކުރުމާއި އަދަބު ދިނުން ހުއްޓުވުމަށްޓަކައި، ކަމާގުޅޭ އިދާރާތަކާއިއެކު މަޝްވަރާ ބައްދަލުވުންތައް އިންތިޒާމްކޮށް ކުރިޔަށް ގެންދިޔުން، އަދި މިފަދަ ތަންތަނާއި ގުޅޭގޮތުން ކޮމިޝަނުން ހުށަހަޅާ ހުށަހެޅުންތައް ތަންފީޛުކުރެވެމުންދާ މިންވަރު ބަލައި، އެހުށަހެޅުންތައް ތަންފީޛު ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން،
  6. މަސައްކަތުގެ ދާއިރާގައި ހުށަހެޅޭ މައްސަލަތަކަށް ހައްލެއް ގެނައުމަށް ކުރަންޖެހޭ މަސައްކަތް ކުރުން،
  7. ޑިރެކްޓަރުގެ ލަފަޔާއިއެއްގޮތަށް އެން.ޕީ.އެމްގެ މަސައްކަތްތައް ކުރުމަށްޓަކައި ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކާއިއެކު މުޢާމަލާތްކޮށް އެކުގައި މަސައްކަތްކުރުން،
  8. މިނިވަންކަން ގެއްލޭގޮތަށް މީހުން ބަންދުކޮށްފައިތިބޭ ފަރާތްތަކާގުޅުން ހުރި ދާއިރާތަކުން އާންމުންނާއި، އެހެން މުއައައްސަސާތަކުގައި މަސައްކަތްކުރާ ފަރާތްތައް ހޭލުންތެރިކުރުމުގެ ގޮތުން ތަމްރީން ޕްރޮގްރާމްތައް ކުރިޔަށް ގެންދިއުމަށް ވާންޖެހޭ ތައްޔާރީތައް ވުމާއި، ތަމްރީން ޕްރޮގްރާމްތަކުގައި ސެޝަންތައް ފެސިލިޓޭޓްކުރުން. މީގެ އިތުރުންވެސް މިދާއިރާއަށް މީހުން އަހުލުވެރިކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަންކުރުން،
  9. ޑިޕާޓްމަންޓުގެ ބޭނުމަށް ހޯދިފައިވާ މައުލޫމާތު އަދި އެހެނިހެން ލިޔެކިޔުންތައް ޑޮކިއުމެންޓްކޮށް، ރައްކާތެރިކަމާއެކު ބެލެހެއްޓުން،
  10. ޑިރެކްޓަރ ނެތް ޙާލަތެއްގައި، ޑިޕާޓްމަންޓްގެ މަސައްކަތް ބެލެހެއްޓުމާއި ޙަވާލުކުރެވިއްޖެނަމަ، އެމަސައްކަތް ކުރުން،
  11. ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން،
  12. އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާފަދަ ތަޢުލީމީ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް، އެޓެސްޓް ކޮށްފައިވާ ކޮޕީއެކެވެ).
  3. ސެޓްފިކެޓް ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުން ދޫކޮށްފައިވާ ލިޔުންތަކުގެ އެޓެސްޓެޑް ކޮޕީ. އަދި މިހާރު ވަޒީފާއެއްގައި އުޅޭ ފަރާތެއްނަމަ، ވަޒީފާގައި އުޅޭކަމުގެ އެޓެސްޓްކޮށްފައިވާ ލިޔުން.

ސުންގަޑި

18 ޖޫން 2017 ވަނަ ދުވަހުގެ 13:00 ގެ ކުރިން

އެހެނިހެން

  1. މިމަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. އަދި ޕްރޮބޭޝަން މުއްދަތުގެ ޕާފޯމަންސް ރިވިއުއަށް ބަލައި، އިތުރަށް ވަޒީފާގައި ބަހައްޓަން ކޮމިޝަނަށް ފެންނަނަމަ، ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
  2. ސާރވިސް އެލަވަންސް އަދި ލިވިންގ އެލަވަންސް ލިބޭނީ ޕްރެބޭޝަން މުއްދަތު ނިމި ވަޒީފާ ދާއިމީ ވާ ދުވަހުން ފެށިގެންނެވެ.
  3. މިމަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ހޮވުނުކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.
  4. މިމަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ. 10 ފަރާތަށްވުރެ މަދުން ކުރިމަތިލައިފިނަމަ، ތިއަރީ ޓެސްޓް ދެވޭނީ އިންޓަރވިއުއަށްފަހުއެވެ.
  5. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  6. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  7. އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ.
  8. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003152 ނުވަތަ 3003168 އަށެވެ.
       

                    

އަޙްމަދު އަމީން

  ޑިރެކްޓަރ

04 ޖޫން 2017
ހޯދާ