މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2016 ވަނަ އަހަރުގެ އަހަރީ ހިސާބު ހުށަހެޅުން
އިޢްލާން
ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 96/10) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކޮންމެ ކުންފުންޏަކުން، އެކުންފުންޏެއްގެ އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓް، ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް އަށް ހުށަހަޅަންޖެހެއެވެ. މިގޮތުން، ކުންފުނިތަކުގެ 2016 ގެ އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 30 ޖޫން 2017ގެ ނިޔަލަށް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޮރިޓީ މެދުވެރިކޮށެވެ.
ޑިރެކްޓަރުންގެ ރިޕޯޓު ތައްޔާރުކުރުމުގައި ޢަމަލުކުރަންވީ ގައިޑްލައިން މިމިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ލިބެން ހުންނާނެއެވެ.
10 ރަމަޟާން 1438
04 ޖޫން 2017
04 ޖޫން 2017
ހޯދާ