މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ލ.މާބައިދޫ ޞިއްޙީމަރުކަޒުގައި ބޭނުންކުރަމުންދާ އެމްބިއުލާންސް މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

ލ. މާބައިދޫ ޞިއްޙީމަރުކަޒުގައި ބޭނުންކުރަމުންދާ އެމްބިއުލާންސް މަރާމާތުކުރުމަށް ވަނީ ބޭނުންވެފައެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2017 ޖޫން 06 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ނުވަތަ ލ.ގަން ރީޖަނަލް ހޮސްޕިޓަލް ނުވަތަ ލ. މާބައިދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޖޫން 13 ވާ އަންގާރަ ދުވަހު ހެނދުނު 10:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ނުވަތަ ލ.ގަން ރީޖަނަލް ހޮސްޕިޓަލް ނުވަތަ ލ. މާބައިދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

06 ރަމަޟާން 1438

01 ޖޫން 2017
ހޯދާ