މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފޮތްލިޔެ ލޭއައުޓް ހަދާ ޗާޕްކުރުމަށް ބޭނުންވެއްޖެ

އިޢުލާން

 

ޤައުމީ މަންހަޖުގެ ކީ ސުޓޭޖު 4 (ގުރޭޑު 9 އަދި 10 ) އާއި ކީސްޓޭޖް 5 (12،11 )ގެ އިސްލާމް ، ޤުރުއާން، ދިވެހި އަދި ދިވެހިއަދަބިއްޔާތު މި ހަތަރު މާއްދާގެ ދަރިވަރުންގެ ފޮތްތަކާއި މުދައްރިސުންގެ ފޮތްތައް ލިޔެ، ލޭއައުޓް ހަދާ ޗާޕުކޮށް، އެފޮތްތަކުގައި ހިމެނޭ ކިޔަވައިދިނުމާއިގުޅޭ ތަކެތި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިމިނިސްޓްރީގެ ނަންބަރު IUL)22-PU/1/2017/159) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން 3 ފަރާތް ކޮލިފައިވެފައިނުވާތީ، އެއިޢުލާން ބާތިލް ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

މި މަސައްކަތާއި ގުޅޭ ބީލަން ފޮތް ވިއްކާނީ 04 ޖޫން 2017 އިން ފެށިގެން 08 ޖޫން 2017 ވަނަ ދުވަހަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10.30 ން މެންދުރުފަހު 13.30 އަށް، މި މިނިސްޓްރީގެ ބަޖެޓް ސެކްޝަނުންނެވެ. ބީލަން ފޮތެއްގެ އަގަކީ 200/- (ދުއިސައްތަ) ރުފިޔާއެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

2017 ޖޫން 11 ވަނަ ދުވަހުގެ 11:00 ށް

2017 ޖޫން 15 ވަނަ ދުވަހުގެ 11:00 ށް

އަދި ދަންނަވަމެވެ. ބީލަންފޮތް ބައްލަވާ ނުގަންނަވާ ފަރާތްތަކުގެ (ހަވާލާދެވިފައިވާ އިޢުލާނާއި ގުޅިގެން ބީލަން ފޮތް ގަނެފައިވާ ފަރާތްތަށް ފިޔަވައި) އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403  ނަމްބަރ ފޯނާއެވެ.

01 ޖޫން 2017
ހޯދާ