އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުން.

            2017 ވަނައަހަރު އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން

ދޫކުރުމަށްހަމަޖެހިފައިވަނީ 1800 ( 30×60 ފޫޓް ) އަކަފޫޓުގެ 30 ގޯއްޗެވެ. ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ކަތީބުގޯތިމަގުގެއިރުން ޖަވާހިރުމަގުގެ

އުތުރުންނެވެ.

          ވީމާ ޝަރުތުފުރިހަމަވާ ފަރާތްތަކުން ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަގޯއްޗަށްއެދޭ ފޯމު ފުރުއްވުމަށްފަހު 2017 ޖުލައި 25 ވަނަ

ދުވަހުގެ 12:00 ގެ ކުރިން އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ގޯއްޗަށް އެދޭ ފޯމު ދޫކުރުމަށްހަމަޖެހިފައިވަނީ

2017 ޖޫން 21 ވަނަ ދުވަހުން 2017 ޖުލައި 6 ވަނަ ދުވަހުގެ ނިޔަލަށެވެ. ފޯމް ބަލައިގަތުމަ ހަމަށްހަމަޖެހިފައިވަނީ 2017 ޖުލައި 9 ވަނަދުވަހުން

ފެށިގެން 2017 ޖުލައި 25 ވަނަ ދުވަހުގެ 12:00 އަށެވެ. ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެދުވަހެއްގެ

ހެނދުނު 9:00 އިން 12:00 އަށެވެ. ރަމަޟާންމަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު ފޯމު ދޫކުރުން އޮންނާނީ 10:30 އިން 12:00 އަށެވެ.

އިތުރުމަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ 6680056 ނަންބަރާއި ގުޅުއްވުން އެދެމެވެ.

ގޯއްޗަށްއެދޭމީހުންގެ ކިބާގައި ހުންނަންވާނެ ޝަރުތުތައް:

1

ދިވެހިރައްޔިތެއްކަމުގައިވުން.

2

އުމުރުން 21 އަހަރުވެފައިވުން.

3

ތިމާއަށް ނުވަތަ ތިމާގެ އަނބި ނުވަތަ ފިރިމީހާއަށް އދ.ހަންޏާމީދޫން ނުވަތަ ރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ލިބިފައި ނެތުން.

4

ތިމާއަށް އދ.ހަންޏާމީދޫން ނުވަތަ ރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ލިބި އެބަޔަކީ ވަކިން އިމާރާތްކޮށްފައިވާ ނުވަތަ ވަކިން އިމާރާތް ކުރެވޭގޮތަށް ބައިކުރެވިފައިވާ ބައެއްނަމަ އެބައި ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްވުން. ( މިގޮތަށް ދޫކޮށްލުމަށް އެއްބަސްވާފަރާތްތަކަށް ލިބޭ ގޯތި ރަޖިސްޓްރީ ކޮށްދޭނީ ލިބިފައިވާ ގޯތި ސަރުކާރަށް ދޫކޮށްލިކަމަށް ޝަރީއަތުން ނިންމެވުމަށްފަހުގައެވެ. ) 

5

އެކަކަށްވުރެ ގިނަމީހުންގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިހުރި ޢިމާރާތުގެ މިލްކުވެރިއަކަށްވެފައި ، ތިމާއަށް ޢިމާރާތުން ނިސްބަތްވާ ދިރިއުޅުމަށް ބޭނުންކުރެވޭ ޖުމްލަ ތަޅުމުގެ ބޮޑުމިން 600 އަކަފޫޓަށްވުރެ ބޮޑުނަމަ އެބިން ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްވުން. ( މިގޮތަށް ދޫކޮށްލުމަށް އެއްބަސްވާފަރާތްތަކަށް ލިބޭ ގޯތި ރަޖިސްޓްރީ ކޮށްދޭނީ ލިބިފައިވާ ގޯތި ސަރުކާރަށް ދޫކޮށްލިކަމަށް ޝަރީއަތުން ނިންމެވުމަށްފަހުގައެވެ. ) 

6

ތިމާއަށް ނުވަތަ ތިމާގެ އަނބި ނުވަތަ ފިރިމީހާއަށް ސަރުކާރު ޕްރޮޖެކްޓެއްގެ ދަށުން އިމާރާތްކޮށްފައިވާ ފުލެއްޓެއް ނުވަތަ އެފަދަ ހިޔާވައްސެއް ލިބިފައި ނެތުން.

7

 

8

ތިމާއަށް ނުވަތަ ތިމާގެ އަނބި ނުވަތަ ފިރިމީހާއަށް އދ.ހަންޏާމީދޫން ނުވަތަ ރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ލިބެން ނެތުން. މިމާއްދާގައި ލިބެންނެތުން ކަމަށް ބުނެފައި އެވަނީ، ގޯތި ދޫކުރުމަށް ޢިއުލާން ކުރާ ތާރީހާއި ހަމައަށް ، މަންމަ / ބައްޕަ / ފިރިމީހާ / ނިޔާވެފައިވެ، ނުބަހައި ހުންނަ ތަރިކަމުދާ ބެހުމުން އެ މުދަލުން 600 އަކަފޫޓަށްވުރެ ކުޑަނޫން ބައެއް ބިމުން ލިބެން ނެތުމެވެ.

9

ރާއްޖޭގެ އެއްވެސް ރަށަކުން މީގެކުރިން ލިބިފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑުބައެއް ވިއްކާފައި ނުވުން. ( ރާއްޖޭގެ އެއްވެސް ރަށަކުން އެމީހަކަށް ލިބިފައިވާ ގޯތި ނުވަތަ ގޯތިން ބައެއް ސަރުކާރަށް ދޫކޮށްލުން މީގެތެރޭގައި ނުހިމެނޭނެ އެވެ. )

ގޯއްޗަށް އެދޭމީހުންނަށް ޕޮއިންޓް ދިނުމުގެ އުޞޫލް

1

ކައިވެނީގެ ބައި:

 

 

 ހ. މީހަކާ އިދެގެން ހުރިނަމަ

25 ޕޮއިންޓް

 

 ށ. ކުރިން މީހަކާއިދެ، ކައިވެނި ރޫޅިފައި ވީނަމަވެސް ދަރިން ތިބިނަމަ

20 ޕޮއިންޓް

2

ޢުމުރުގެ ބައި:

 

 

ހ. ޢުމުރުން 21-25 އަހަރާ ދެމެދު ނަމަ    

05 ޕޮއިންޓް

 

ށ. ޢުމުރުން 25 އަހަރުން މަތިނަމަ (ގިނަވެގެން ދެވޭނީ 07 ޕޮއިންޓް)

07 ޕޮއިންޓް

3

ދަރިންގެ ބައި:

 

 

ހ. 21 އަހަރުން ދަށުގެ ދަރިއަކު ހުރިނަމަ   

05 ޕޮއިންޓް

 

ށ. 21 އަހަރުން ދަށުގެ އެއްކުއްޖަކަށްވުރެ ގިނަކުދިން  ތިބިނަމަ، ކޮންމެކުއްޖަކަށް

 (މިބަޔަށް ގިނަވެގެން ދެވޭނީ 16 ޕޮއިންޓް)  

04 ޕޮއިންޓް

 

ނ. ދާއިމީ ގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 21 އަހަރުންދަށުގެ ކުއްޖަކު ހުރިނަމަ    

03 ޕޮއިންޓް

 

ރ. ދާއިމީގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 21 އަހަރުން ދަށުގެ 1 ކުއްޖަކަށްވުރެ ގިނަކުދިން ތިބިނަމަ ކޮންމެ ކުއްޖަކަށް (ގިނަވެގެން ދެވޭނީ 08 ޕޮއިންޓް)

04 ޕޮއިންޓް

4

ރަށްވެހިކަމުގެ ބައި:

 

 

ހ. ރަށުގެ ރައްވެއްސެއްނަމަ

20 ޕޮއިންޓް

 

ނ. ކުރިން ރަށްވެހިވެފައިވާރަށް ދޫކޮށް، މިރަށުގައި ދިރިއުޅޭތާ 5 އަހަރުވެފައިވާނަމަ

10 ޕޮއިންޓް

5

ޕޮއިންޓް އުނިކުރެވޭގޮތް:

 

 

ހ. ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި ގޯއްޗެއްއޮވެފައި ގޯތިނުލިބިހުރީ ހަމައެކަނި މީނާކަމަށްވާނަމަ 

10 ޕޮއިންޓް

 

ށ. ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި ގޯއްޗެއް އޮވެފައި ގޯތިނުލިބިހުރީ ހަމައެކަނި މީނާކަމަށްވާނަމަ

10 ޕޮއިންޓް

 

ނ. ގޯއްޗަށްއެދިފައިވާ މީހާގެ މަންމަގެ ނަމުގައި އެއްގޯއްޗަށްވުރެ ގިނަގޯތި އޮތްނަމަ އިތުރުވާ ކޮންމެގޯއްޗަކަށް   

05 ޕޮއިންޓް

 

ރ. ގޯއްޗަށްއެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި އެއްގޯއްޗަށްވުރެ ގިނަގޯތި އޮތްނަމަ އިތުރުވާ ކޮންމެގޯއްޗަކަށް

05 ޕޮއިންޓް

6

އިތުރު ތަޕްޞީލް

 

 

  1. ނަންބަރ 01 ގައިވާ ކައިވެނި ރޫޅިފައި ކަމަށް ބަލާނީ، ގޯތި ދޫކުރާކަން އިޢުލާނުކުރުމުގެ ކުރިން ކައިވެނި ރޫޅިފައި ވާނަމައެވެ. އަދި މިބައިން މާކްސް ލިބޭނީ ލިބިފައިވާ ދަރިން ބަލަމުން ގެންދަނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ މީހާކަމުގައި ވާނަމައެވެ.

 

 

  1. ނަންބަރ 02 ގައިވާ ޢުމުރު ބަލާނީ ގޯތި ދޫކުރުމަށް ކުރި އިޢުލާންގެ މުއްދަތު ހަމަވާ ތާރީޚަށެވެ.

 

 

  1. ނަންބަރ 03 ގެ (ށ) ގައިވާ ދަރިންގެ ޢަދަދަށް ޕޮއިންޓް ދިނުމުގައި 04 ދަރިންނަށްވުރެ ގިނައިން ދަރިން ތިބިކަމުގައިވިޔަސް ދެވޭނީ ޖުމްލަ 16 ޕޮއިންޓެވެ. ދަރިން ތިބެގެން ޕޮއިންޓްދޭނީ ގޯއްޗަށް އެދިފައިވާ މީހާގެ ބެލުމުގެދަށުގައި ތިބިދަރިންނަށެވެ. (މިސާލަކަށް: ދަރިފުޅު ނުވަތަ ދަރިން ބަލަމުންގެންދަނީ ގޯއްޗަށްއެދިފައިވާމީހާ ނުވަތަ އޭނާގެ ފަރާތުންބަލަންޖެހޭ މީހެއްކަމުގައި ނުވާނަމަ ދަރިންނަށްދޭ ޕޮއިންޓް ގޯއްޗަށްއެދިފައިވާމީހާއަށް ދޭކަށްނުޖެހޭނެއެވެ. )

 

 

  1. ގޯއްޗަށްއެދި ފޯމް ހުށަހަޅާފައިވާ މީހުންގެ މަޢުލޫމާތުތަކަށް އައިސްފައިވާ އުނިއިތުރު ބަލާނީ ގޯތިދޭ ތާރީޚަށެވެ.

 

7

ގޯތިލިބޭގޮތް:

 

 

ހ . ގޯތިލިބެންޖެހޭ މީހުންހޮވާނީ ޕޮއިންޓްލިބިފައިވާ ތަރުތީބުން ގިނަޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ. އެގޮތުން އެފަހަރަކު ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ ޢަދަދަށްވުރެ އިތުރަށް، އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ މީހުންތިބިނަމަ އޭގެތެރެއިން ގޯތިލިބޭ މީހުން ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.

 

 

ށ. ގޯތި ލިބޭ މީހުން ކަނޑައެޅުމުގައި ކޮންމެ ދެމަފިރިއަކަށް ދެގޯތި ނުލިބޭނެ އުޞޫލާމެދު ކަމާބެހޭ ފަރާތްތަކުން ވިސްނަވަންވާނެއެވެ.

 

 

ނ. އަނބިމީހާއަށް ގޯޗެއްއޮތްނަމަ ފިރިމީހާއަށް ، ފިރިމީހާއަށް ގޯއްޗެއްއޮތްނަމަ އަނބިމީހާއަށް ގޯއްޗެއްނުލިބޭނެއެވެ.

 

 

01 ޖޫން 2017
ހޯދާ