ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

ނަންބަރު: IUL)196-C/1/2017/29) 

ވަޒީފާގެ ފުރުޞަތު

 

މަޤާމް:                     ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ (ގްރޭޑް 1)

ބޭނުންވާ ޢަދަދު:               01 (އެކެއް)

މުސާރަ:                    -/9,500 ރުފިޔާ

ލިވިންގ އެލަވަންސް:            -/3,000 ރުފިޔާ

ރިސްކް އެލަވަންސް:            -/1,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:       ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް / މާލެ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:  މި އޮފީހުގައި ޤާއިމުކޮށްފައިވާ ސޮފްޓްވެއަރތަކާއި ސިސްޓަމްތަކަށް ގެންނަންޖެހޭ ބަދަލުތައްގެނެސް ދުވަހުން ދުވަހަށް ބެލެހެއްޓުން / ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ މަސައްކަތްކުރުން

 

ފެންވަރު ނުވަތަ ޝަރްޠު: 

(ހ)  މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން

(ށ)  NET. ނުވަތަ PHP ފަދަ ޕްރޮގްރާމިންގ ލެންގުއޭޖަށް އަހުލުވެރިވުން

(ނ)  JQuery, CSS3 ,HTML5, JavaScript ފަދަ ވެބް ޓެކްނޮލޮޖީ އަށް އަހުލުވެރިވުން

(ރ)  MSSQL ނުވަތަ  MYSQLއަށް އަހުލުވެރިވުން

(ބ)  ސިސްޓަމް އެނަލައިސިސް އެންޑް ޑިޒައިނިންގ އަދި ސޮފްޓްވެއަރ ޑިވެލޮޕްމެންޓް ލައިފް ސައިކަލްއަށް އަހުލުވެރިވުން

(ޅ)  MVC ފްރޭމްވޯރކަށް އަހުލުވެރިވުން

 

އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %20 އާއި، ޙާޟިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ  ލިބޭނެއެވެ.

 

 

ވީމާ، މި މަގާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 12 ޖޫން 2017 ވަނަ ދުވަހުގެ 13:00 ގެ ކުރިން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު، މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

 

ނޯޓް: މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުތުފުރިހަމަނުވާ ފޯމްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

 

1-      މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

2-      ވަނަވަރު

3-      ދރއ. ކާޑުގެ ކޮޕީ

4-      ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

 

06 ރަމަޟަން 1438

01 ޖޫން 2017
ހޯދާ