ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު
މިމިނިސްޓްރީ ގެ ބޭނުމަށް ތިރީގައި ބަޔާން ކުރެވިފައިވާ ސްޕެސިފިކޭޝަން އާއި އެއްގޮތަށް 5 ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައި ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.
Feature |
Requirement |
Processor |
Intel Core i5 or substantially equal |
Memory |
8 GB DDR4, 2133 MHz or better |
Internal Storage |
500 GB SATA-III Hard Disk Drive, 7200 RPM or better |
Optical Drive |
Minimum: 16x DVD Writer |
Network |
Integrated 10/100/1000Mbps Gigabit Ethernet Controller |
Graphics |
Intel HD Graphics |
Monitor |
23” LED |
Standard I/O Ports |
|
Keyboard |
USB QWERTY Keyboard with US Layout, English |
Mouse |
USB 2-Button Optical Scroll Mouse |
Power |
220/240 Ac , 50-60Hz |
Operating System |
Genuine Microsoft Windows 10 Professional, 64 bit English |
Other Software |
Genuine Microsoft Office Home & Business 2016 English 64-bit License |
Warranty |
Minimum 1 Year Parts and Service Warranty |
ހުށަހަޅަންވީ ތަކެތި:
- މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ސަޕްލައިކޮށްދެވޭނެ އަގު:
- ސަޕްލައިކޮށްދެވޭނެ މުއްދަތު:
- ޓެކްނިކަލް ސްޕެސިފިކޭޝަން:
- ހުށަހަޅާފައިވާ އަންދާސީހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
- މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން
މި ޕުރޮޖެކްޓަށް ހުށަހެޅޭ،ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރެވޭގޮތުގެ ތަފުސީލު:
އަގަށް: 70 ޕޮއިންޓު
ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު 70
މުއްދަތު: 15 ޕޮއިންޓު
ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު 15
ތަޖުރިބާ: 15 ޕޮއިންޓް
މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ ކޮށްފައިވާ މަސައްކަތަށް، މަސައްކަތް ކުރުވިފަރާތުން ދީފައިވާ ލިޔުމަށްބަލައި (ޖުމްލަ 15 ޕޮއިންޓް)
ހުށަހެޅޭ އަންދާސީ ހިސާބު ބާތިލް (ޑިސްކޮލިފައި) ކުރެވިދާނެ ގޮތްތަށް:
- ހުށަހަޅާ އަންދާސީ ހިސާބުގައި މުއްދަތު ނެތުން.
- އަންދާސީހިސާބާއި އެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަނޭޅުން.
- އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ މަޢުލޫމާތު ފުރިހަމަ ނުވުން.
- މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކް ލިސްޓް" ކުރެވިފައިވާ ކުނަފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު.
ބީލަން ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2017 ޖޫން 11 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 2017 ޖޫން 11 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ޕްރޮކިޔުމަންޓް ޔުނިޓް،
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
ފޯނު: 3018341 960+ ، ފެކްސް: 3018301 960+
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv
ނޯޓް:
މި އިޢުލާނާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018341 / 3018333 ނަންބަރު ފޯނަށެވެ.