ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
މަތީ ތަޢުލީމްގެ ލޯން އެހީގެ ފުރުޞަތުތައް – އޮކްޓޯބަރ 2016

 

            ސުރުޚީގައިވާ ސްކީމްގެ ދަށުން ރާއްޖެއާއި ރާއްޖޭން ބޭރަށް އިޢުލާންކޮށްފައިވާ، ތިރީގައިވާ ކެޓަގަރީތަކުން ލޯނަށް ހޮވިފައިވާ ފަރާތްތަކުން ކޯސް ބަދަލުކުރުމަށް އެދި ހުށަހަޅަމުންދާކަންފާހަގަކުރެވިފައިވާތީ، މިކެޓަގަރީ ތަކުން ލޯނަށް އެދިފައިވާ ފަރާތަކުން ކޯސް ބަދަލުކުރުމަށް އެދޭނަމަ، ކޯސް ބަދަލުކުރުމަށް އެދޭ ސަބަބު ބަޔާންކޮށް ލިޔުމުން މިޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިގޮތަށް ކޯސް ބަދަލުކުރެވޭނީ 17 މެއި 2017 އިން ފެށިގެން 6 މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކަމުގައިވެސް ދެންނެވީމެވެ.               ވީމާ، ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި ތިރީގައިވާ ކެޓަގަރީތަކުން ލޯނަށް ހޮވިފައިވާ ފަރާތްތަކުން ކޯސް ބަދަލުކުރުމަށް އެދޭނަމަ، ކޯސް ބަދަލުކުރުމަށް އެދޭ ސަބަބު ބަޔާންކޮށް ލިޔުމުން މިޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ.

  • ޕްރިޔޯރިޓީ ލިސްޓްގައިވާ ދާއިރާތައް: ކޯސް ބަދަލުކުރެވޭނީ ޕްރިޔޯރިޓީ ލިސްޓްގައި ހިމެނިފައިވާ ދާއިރާތަކުގެ ތެރެއިން އެއް ކޯހުން ހަމަ އެލިސްޓްގައި ހިމެނިފައިވާ އެހެން ދާއިރާއެއްގެ ކޯހަކަށް.
  • ސްކިލްސް ޝޯޓޭޖު ލިސްޓްގައިވާ ދާއިރާތައް: ކޯސް ބަދަލުކުރެވޭނީ ސްކިލްސް ޝޯޓޭޖު ލިސްޓްގައި ހިމެނިފައިވާ ދާއިރާތަކުގެ ތެރެއިން އެއް ކޯހުން ހަމަ އެލިސްޓްގައި ހިމެނިފައިވާ އެހެން ދާއިރާއެއްގެ ކޯހަކަށް.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3341327, 33413763341381,  އާއި ގުޅުއްވުން އެދެމެވެ.

30 މޭ 2017
ހޯދާ