ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

                                                ނަމްބަރު:   IUL)120/1/2017/24 )

 

އިޢުލާން

ވަޒީފާގެ ފުރުސަތު

 

             މިޑިޕާޓްމަންޓުން ކުރިއަށް ގެންދާ އިމްތިޙާނުތަކުގެ އިދާރީ މަސައްކަތް, ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ މީހުން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ މީހުން 2017 ޖޫން 06 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިޑިޕާޓްމަންޓަށް ފޯމު ހުށަހެޅުން އެދެމެވެ.

 

މަޤާމު: އެސިސްޓެންޓް އޮފިސަރ

ބޭނުންވާ ޢަދަދު: 1

އުޖޫރަ: މަސައްކަތުގައި ހޭދަކުރާ ކޮންމެ ގަޑިއަކަށް 35.00 ރުފިޔާ

 

ޝަރުޠު:

  1. ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން
  2. އައި.ޓީ ދާއިރާއިން ލެވެލް 3 ގެ ސަނަދެއް ޙާސިލްކޮށްފައިވުން

 

މި މަގާމަށް މީހުން ހޮވުމުގައި ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް އިސްކަންދެވޭނެ:

  1. މައިކްރޯސޮފްޓް އެކްސެސް ބޭނުންކުރަން އެނގުން
  2. މައިކްރޯސޮފްޓް އެކްސެލް ބޭނުންކުރަން އެނގުން
  3. ޑޮޓް ނެޓްގެ މަސައްކަތްކުރަން އެނގުން

 

              ފޯމު މިޑިޕާޓްމަންޓްގެ ކައުންޓަރުންނާއި މިޑިޕާޓްމަންޓްގެ www.dpe.edu.mv  ވެބްސައިޓުން ލިބެން ހުންނާނެއެވެ. އިންޓަވިއު ކުރާނީ ޝޯޓް ލިސްޓް ކުރުމަށްފަހު އެންމެ މަތިން މާކްސް ލިބޭ  މީހުންނާއެވެ. ޝޯޓްލިސްޓް ކުރެވޭ މީހުންނަށް މަސައްކަތު 07 ދުވަހުގެ ތެރޭގައި ގުޅާނެ އެވެ. 07 ދުވަހުގެ ތެރޭގައި ނުގުޅާނަމަ، ޝޯޓްލިސްޓް ކުރެވޭ މީހުންގެ ތެރޭގައި އެމީހަކު ނުހިމެނެނީއެވެ.

 

                                03 ރަމަޟާން 1438

                                29 މެއި    2017

30 މޭ 2017
ހޯދާ