ވަށަފަރު މަދަރުސާ
ދިވެހިރާއްޖެ
ސްކޫލްގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ހޯދުން

2017 ވަނަ އަހަރު، މި ސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް، ރަނގަޅު ފެންވަރުގެ ދެކޮޓަރިއާއި ސިޓީންގރޫމް އަދި ބަދިގެ ހިމެނޭގޮތަށް (ހިފައި ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރާއެކެ) ހުރި ގެއެއް ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ، ރަނގަޅު ފެންވަރުގެ  ދެކޮޓަރިއާއި ސިޓީންގރޫމް އަދި ބަދިގެ ހިމެނޭގޮތަށް (ހިފައި ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރާއެކު) ހުރި ގެއެއް، މި ސްކޫލަށް ކުއްޔަށް ދޫކުރުމަށް ޝައެޤުވެރިވެލައްވާ ފަރާތްތަކުން 2017 ޖޫން 11 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 އަށް، ސްކޫލަށް ދުރުވެ މައުލޫމާތު ސާފްކުރެއްވުމަށްފަހު، 2017 ޖޫން 15 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 އަށް ސިޓީހިއްޕަވައިގެން މި ސްކޫލަށް ދުރުވެދެއްވުން އެދެމެވެ.

ދެންނެވިފައިވާގަޑިއަށް ޙާޟިރުވެ ލެއްވުމަށް އުޛުރުވެރިވެލައްވާ ބޭފުޅުން، 2017 ޖޫން 11 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ރަސްމީގަޑީގައި މި ސްކޫލުގެ 6500538 ނަންބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރުއްވާ ހުށައަޅުއްވާ ސިޓީ ޤަބޫލު ކުރެވެންނޯންނާނެ ވާހަކަވެސް މިފުރުސަތުގައި ދަންނަވަމެވެ.  

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

30 މޭ 2017
ހޯދާ