ޚަޒާނާ މޯލްޑިވްސް ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓަންޓް ފައިނޭންސް އޮފިސަރ

 ވަޒީފާގެ ފުރުޞަތު

މަޤާމު: އެސިސްޓަންޓް ފައިނޭންސް އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަނާއި ރޭންކް: އޮފިސަރ (GA1)

މަޤާމުގެ ގިންތި: ދާއިމީ

 މަޤާމުގެ މަސްޢޫލިއްޔަތުތައް:

  • ކުންފުނިން ތައްޔާރުކުރަންޖެހޭ އެކައުންޓިންގ އުސޫލުތަކާއި ޕޮލިސީތައް ހަދައި އެކަންތައްތައް ތަންފީޒު ކުރުމަށްޓަކައި ކުންފުނިން ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  • ޤާނޫނީގޮތުން ރިޕޯޓްކުރަންޖެހޭ އެންމެހައި ކަންތައްތައް (މީގެ ތެރޭގައި ޓެކްސްއާ ގުޅޭ އެންމެހައި މަސައްކަތެއްވެސް ހިމެނޭގޮތަށް) ރިޕޯޓުކުރުމާއި، ޑިޕާޓްމަންޓުގެ ޕޮލިސީތަކާ އެއްގޮތްވާގޮތުގެ މަތީން ރިޕޯޓް ކުރުމުގައި އެހީތެރިވެދިނުން.
  • ކުންފުނީގެ ބަޖެޓް ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން. (މިގޮތުން ކެޕިޓަލް، މޭންޕަވަރ، އަދި ކުންފުނީގެ އޯވަރހެޑްސްއާއި އެހެނިހެން ވޭރިއެންސް އެނަލިސިސް ތާކާއެކު، ބަޖެޓް ތައްޔާރުކުރުމަށް ޑިޕާޓްމަންޓް ހެޑާއެކު ކުރަންޖެހޭ އެންމެހައި މަސައްކަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުން)
  • ކުންފުނިން ހިންގާ ޕްރޮޖެކްޓުތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ ޕްރޮޕޯސަލްތަކާއި، އަހަރީ ބިޒްނަސް ޕްލޭނާއި، ކޭޝް ފްލޯ ޕްރޮޖެކްޝަންތަކާއި ލޯންގް ޓަރމް ޕްލޭންތައް ތައްޔާރުކުރުމުގައި ޑިޕާޓްމަންޓް ހެޑަށް އެހީތެރިކަން ފޯރުކޮށްދިނުން.
  • މާލީ ގުޅުން ތަކާބެހޭގޮތުން މެނޭޖްމަންޓުން ބޭނުންވާ އެޑް-ހޮކް ރިޕޯޓް ހުށަހެޅުމާއި ކުންފުނިން ހިންގާ އިންވެސްޓްމަންޓް މަސައްކަތްތަކުގައި ޑިޕާޓްމަންޓް ހެޑަށް ބޭނުންވާ ފައިނޭންޝަލް ރިޕޯޓުތައް ތައްޔާރުކުރުން.
  • ކްލަޔަންޓުން ހުށަހަޅާ ފައިނޭންޝަލް ރިޕޯޓުތައް މުރާޖަޢާކުރުމަށްފަހު، ހުށަހެޅިފައިވާ ރިޕޯޓްތަކުގެ ޞައްޙަ ކަމާގުޅޭގޮތުން، ޑިޕާޓްމަންޓް ހެޑަށް ޕްރޮފެޝަނަލް އޮޕީނިއަން ދިނުމާއި ރިޕޯޓުތަކުގެ ފައިނޭންޝަލް ރިސްކް އެސެސްމަންޓުތައް ހެދުމުގައި ޑިޕާޓްމަންޓް ހެޑަށް އެހީތެރިވުން.
  • އޮޑިޓަރުންނާއެކު ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްފަހު އެކަމާ ގުޅޭގޮތުން އާންމުކޮށް ބަލާ މިންގަނޑުތަކަށް ފެތޭގޮތަށް ކުންފުނީގެ އެކިއެކި ރިޕޯޓްތައް ތައްޔާރުކޮށް ޑިޕާޓްމަންޓް ހެޑަށް ހުށަހެޅުން.
  • އިންވެސްޓްމަންޓް ޕޮލިސީތައް އެކުލަވައިލުމުގައި ހެޑް އޮފް ޑިޕާޓްމަންޓަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

 ތަޢުލީމީ ފެންވަރު

  • އޭ.ސީ.ސީ.އޭ ޕްރޮފެޝަނަލް ލެވެލް ނިންމާފައިވުން، ނުވަތަ
  • އޭ.ސީ.ސީ.އޭ ސްކިލްސް ލެވެލް ނިންމާފައިވުމާއެކު ފައިނޭންޝަލް އިންސްޓިޓިއުޝަނެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހޯދާފައިވުން، ނުވަތަ
  • އެކައުންޓިން ނުވަތަ ފައިނޭންސްގެ ދާއިރާއިން އެމް.އެން.ކިއު.އެފް ގެ ލެވެލް 7 ސެޓުފިކެޓު ހާސިލުކޮށްފައިވުން.

 ކޮންޕަންސޭޝަން/ މުސާރާއާއި ޢިނާޔަތްތައް.

މަސައްކަތުގެ ތަޖުރިބާއާއި ތަޢުލީމީ ފެންވަރަށް ބެލުމަށްފަހު، ކުންފުނީގެ އެޗް.އާރް ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން، ދެފަރާތް އެއްބަސްވެވޭ މުސާރައާއި ޢިނާޔަތްތައް ލިބޭނެއެވެ.

ވަޒީފާއަށް ހޮވުމުގައި ބަލާނެ އެހެނިހެން ކަންތައްތައް

  • އިންޓަރޕަރސަނަލް ސްކިލްސް ހުރިމީހެއްކަމުގައި ވުން.
  • މައިކްރޯސްފްޓް އޮފީސް ބޭނުންކުރަން ދަންނަ ފަރާތެއްކަމުގައި ވުން.
  • މަލްޓި ޓާސްކް ކުރުމުގެ ޤާބިލުކަންހުރި ފަރާތެއްކަމުގައި ވުން.
  • ހައި ޕްރެޝަރ އެންވަޔަރަމަންޓެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަންހުރުން.
  • ރިސަރޗް މަސައްކަތްތަކަށް ފަރިތަ ފަރާތެއް ކަމުގައިވުން.  
  • ކަނޑައެޅިފައިވާ ވަގުތުތަކަށް، މަސައްކަތްނިންމައި، ލަނޑުދަނޑިތައް ޙާޞިލްކުރާ ފަރާތެއްކަމުގައި ވުން.
  • އިސްލާމިކް ފައިނޭންސްގެ ދާއިރާގެ ޢިލްމު ހުރި ފަރާތެއް ކަމުގައިވުން.

 މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 06 ޖޫން 2017 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން، ސީ.ވީ އާއި އެޓެސްޓްކޮށްފައިވާ ސަނަދުތަކުގެ ކޮޕީ، [email protected] އަށް އީމެއިލް ނުވަތަ، ތިރީގައި ވާ އެޑްރެސް އަށް ފޮނުވައިދެއްވުން އެދެމެވެ.

ޚަޒާނާ މޯލްޑިވްސް ލިމިޓެޑް،

ހ. ފުސްތުޅާމާގެ، 2 ވަނަ ފަންގިފިލާ،

އަމީރު އަޙުމަދު މަގު،

މާލެ، ދިވެހިރާއްޖެ

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، ރަސްމީ ގަޑީގައި، މި ކުންފުނީގެ ނަންބަރު 2000 301 އަށް ގުޅުއްވުނެ އެދެމެވެ. 

30 މޭ 2017
ހޯދާ