ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ހަނިމާދޫ އެއަރޕޯޓްގައި ކާގޯގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ކާގޯ ހިދުމަތް ދިނުމާއި ބެހޭ

        ހަނިމާދޫ އެއަރޕޯޓްގައި ކާގޯގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާން ނަންބަރު (IUL)448/1/2017/17 އާއި ގުޅިގެން މައުލޫމާތު ސާފްކުރަން ވަޑައިގަންނަވާފައިވަނީ އެންމެ ދެ ފަރާތުން ކަމަށްވާތީވެ އެ އިއުލާން ބާތިލް ކޮށް އަލުން އިއުލާން ކުރަމެވެ.

        ވީމާ، މިކަމަށް އެދި ޝަޢުގްވެރިވެލައްވާ ފަރާތްތަކުން 01 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް ރީޖަނަލް އެއަރޕޯޓްސް، ވެލާނާގެ 11 ވަނަ ފަންގިފިލާ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 08 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް ރީޖަނަލް އެއަރޕޯޓްސް އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

        އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތް ތަކުގެ އަންދާސީ ހިސާބާއި، މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

           02 ރަމަޟާން 1438

           28  މޭ  2017

 

28 މޭ 2017
ހޯދާ