ދިވެހިރާއްޖެ
އިޢުލާން
އެސް.ޓީ.އޯ ގައި ހިންގޭ އެކިއެކި ހަރަކާތްތަކަށް 1 އަހަރު ދުވަހުގެ މުއްދަތަށް ކޭޓަރިންގ ސާރވިސް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
އެސް.ޓީ.އޯ ގައި ހިންގޭ އެކިއެކި ހަރަކާތްތަކަށް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކޭޓަރިންގ ސާރވިސް ދޭނެ ފަރާތެއްހޯދުމަށް ކުރެވުނު ނަންބަރު 60-އޭޑީއެމް/59/2017 އިޢުލާނު ބާޠިލުކޮށް، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
މަސައްކަތުގެވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ރަޖިސްޓަރީކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންވާ ބޭފުޅުން 2017 ޖޫން 04 ވަނަ ދުވަހުގެ 1100 ގެ ކުރިން އެސް.ޓީ.އޯ ހެޑު އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.
ބީލަންކަރުދާސްދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2017 ޖޫން 04 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.
މަޢުލޫމާތުދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2017 ޖޫން 05 ވަނަ ދުވަހުގެ 1130 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހެޑު އޮފީހުގައި އޮންނާނެއެވެ.
ސުވާލާއިޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންވާ ސުވާލުތައް 2017 ޖޫން 11 ވަނަ ދުވަހުގެ 1000ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2017 ޖޫން 13 ވަނަ ދުވަސް ނިމުމުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.
ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2017 ޖޫން 19 ވަނަ ދުވަހު 1330 ގައި އެސް.ޓީ.އޯ ހެޑު އޮފީހުގައެވެ. ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަން ކަރުދާސްތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ބީލަން ކަރުދާސްތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
އިތުރުމަޢުލޫމާތުހޯއްދެވުމަށްގުޅުއްވާނީ
ފޯނު: 3344321, 3344196
ފެކްސްް: 3344633
އީމެއިލް: [email protected]
25 މޭ 2017