ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީހިޔާތައް ނީލަން ކިއުމާބެހޭ

                    ސުނާމީ ކާރިޘާގައި ބޯހިޔާވަހިކަން ގެއްލުނު ޢާއިލާތައް ދިރިއުޅުނު ވަގުތީހިޔާތަކުގެ  ތެރެއިން މިހާރުހުރި 5 ވަގުތީހިޔާ ނީލަންކިއުމަށް ކައުންސިލުންވަނީ ނިންމަވާފައެވެ. ނީލަންކިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ޔުނިޓެއް ވަކިންނެވެ. ނީލަންފެށޭ އަގަކީ -/1000ރ (އެއްހާސްރުފިޔާ) އެވެ. އިތުރުކުރެވޭނީ މަދުވެގެން ފަހަރަކު -/500ރ (ފަސްސަތޭކަ ރުފިޔާ) އެވެ. ނީލަންކިއުން އޮންނާނީ 2017 މޭ 29 ވަނަ ދުވަހު މެންދުރު 13:00 ގައި ތ. މަޑިފުށީ އުތުރުކޮޅު ވަގުތީހިޔާތައް ކައިރީގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 6780034 ނަމްބަރ ފޯނާ ގުޅުއްވުން އެދެމެވެ.   

                  ވަގުތީހިޔާ ނީލަމުން ނަގާތާ 01 ދުވަސްތެރޭ ކައުންސިލް އިދާރާއަށް ފައިސާދެއްކެވުމަށްފަހު 10 ދުވަސްތެރޭ ތަންނަގަން ވާނެއެވެ. އަދި ފައިސާދެއްކިނަމަވެސް 10 ދުވަސްތެރޭ ތަން ނުނަގައިފިނަމަ އަލުން ނީލަމަށް ލެވޭނެއެވެ.  

             މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                28 ޝަޢުބާން 1438   

                  24 މޭ 2017

 

24 މޭ 2017
ހޯދާ