ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އައްޑޫ ސިޓީ ހިތަދޫ މެދު ސަރަޙައްދުގައި ޤާއިމް ކުރެވިފައިވާ ނަރުދަމާ ނިޒާމުން އެރަށުގެ ގެތަކަށް ހޮޅިތަށް ގުޅުމާއި ގުޅޭ:

                                     

                                       ނަންބަރ:FNK-K(T)/FNK/IUL/2017/083  

 

އިޢުލާން

 

އައްޑޫ ސިޓީ ހިތަދޫ މެދު ސަރަޙައްދުގައި ޤާއިމް ކުރެވިފައިވާ ނަރުދަމާ ނިޒާމުން އެރަށުގެ ގެތަކަށް ހޮޅިތަށް ގުޅުމާއި ގުޅޭ:

 

މިކުންފުނިންދޭ މަޢުލޫމާތާ އެއްގޮތަށް އައްޑޫ ސިޓީ ހިތަދޫ މެދު ސަރަޙައްދުގައި ޤާއިމް ކުރެވިފައިވާ ނަރުދަމާ ނިޒާމުން އެރަށުގެ ގެތަކަށް ހޮޅިތަށް ގުޅުމަށް ކުރެވުނު ނަންބަރ FNK-K(T)/FNK/IUL/2017/037 (24 އެޕްރީލް 2017) އިޢުލާނަށް ހުށައަޅުއްވާފައިވާ އަންދާސީ ހިސާބުތައް އެކަށީގެންވާ ވަަރަށްވުރެން އަގު ބޮޑުކަމަށް ފެންނާތީ އެޢިއުލާން ބާތިލްކޮށް އެ ފުރުސަތު މިކަމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

      މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި ކުންފުނީގެ ޓެންޑަރ އެންޑް ފޮރިން ޕަރޗޭސް ސެކްޝަންގެ ރަސްމީ މެއިލް [email protected] އަށް ރިކުއެސްޓް ކުރުމުން މަޢުލޫމާތު ކަރުދާސް މެއިލް ކުރެވޭނެއެވެ. މި ބިޑްގައި ބައިވެރިވެވޭނީ ހަމައެކަނި މަޢުލޫމާތު ކަރުދާސް ދޫކުރެވޭ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.

    ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2017 މެއި 30 ވާ އަންގާރަ ދުވަހުގެ 11:30 ގައި މި ކުންފުނީގެ ހެޑް އޮފީހުގެ (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ޖަލްސާކުރާ މާލަމުގައި މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. މިގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައި ނުގަނެވޭނެ ވަހަކަ ދަންނަވަމެވެ.

         މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި 3018260 ނަންބަރު ފޯނު މެދުވެރިކޮށް ޓެންޑަރ އެންޑް ފޮރިން ޕާޗޭސް ސެކްޝަނަށްށެވެ.

 

                    28 ސައުބާން 1438

                   24  މެއި 2017

         

 

24 މޭ 2017
ހޯދާ