ފުވައްމުލަކު ދޫނޑިގަން ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދޫނޑިގަން އަވަށުގެ އެކި ސަރަޙައްދުތަކުގައި ހޮޅިދަނޑި ޖެހުމާއިބެހޭ.

ކޮންޓްރެކްޓް އުޞޫލުން ދޫނޑިގަން އަވަށުގެ އެކި ސަރަޙައްދުތަކުގައި ހޮޅިދަނޑި ޖަހާދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު IUL)445-MS/445/2017/13) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބު ލިބިފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، ކޮންޓްރެކްޓް އުޞޫލުން މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން 01 ޖޫން 2017 ވާ ބުރާސްފަތި ދުވަހު 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 ޖޫން 2017 ވާ ހޯމަ ދުވަހު 11:00 އަށް މިއިދާރާއަށް ވަޑައިގެން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. އެސްޓިމޭޓް ހުންނަންވާނީ ސިޓީއުރައަކަށްލައި ބަންދުކުރުމަށްފަހު ސިޓީ އުރައިގެ ބޭރުގައި "ދޫނޑިގަން އަވަށުގެ އެކި ސަރަޙައްދުތަކުގައި ހޮޅިދަނޑި ޖެހުން" މިގޮތަށް ޖަހާފައެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި، އެސްޓިމޭޓް ބަލައިގަތުން އޮންނާނީ ފުވައްމުލަކު ދޫނޑިގަން ކައުންސިލްގެ އިދާރާގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައި ނުގަންނަވާނެއެވެ.

 

26 شعبان 1438

22 މޭ 2017
ހޯދާ