އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރ

މަޤާމް:

ޕްލޭނިންގ އޮފިސަރ    

ރޭންކް:

އެމް.އެސް 1

ކްލެސިފިކޭޝން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް / އިދާރާ:

އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

ސެކްޝަން:

އެޓޯލް ޑިވެލޮޕްމަންޓް ސަރވިސަސް  

ވަޒީފާ އަދާކުރަންޖެހޭ ތަން:

އއ.އަތޮޅު ކައުންސިލްގެ އިދާރާ

މުސާރަ:

5,610/- ރުފިޔާ

ސަރވިސް އެލަވަންސް:

2,000/- ރުފިޔާ

ބޭނުންވާ ޢަދަދު:

ގިންތި:

01 (އެކެއް)

ދާއިމީ

 

މަގާމުގެ ޝަރުޠުތައް:

1.      ޕަބްލިކް އެފެއާޒް ޕަބްލިކް ޕޮލިސީ އެންޑް ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ޖެނެރަލް އެޑްމިނިސްޓްރޭޝަން، ނުވަތަ އެންވަޔަރަންމަންޓަލް ސައިންސް ނުވަތަ ސްޓެޓިސްޓިކްސް އެންޑް ޕްރޮބަބިލިޓީ ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް މިއިން ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

 

2.      ޕަބްލިކް އެފެއާޒް ޕަބްލިކް ޕޮލިސީ އެންޑް ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ޖެނެރަލް އެޑްމިނިސްޓްރޭޝަން، ނުވަތަ އެންވަޔަރަންމަންޓަލް ސައިންސް ނުވަތަ ސްޓެޓިސްޓިކްސް އެންޑް ޕްރޮބަބިލިޓީ ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް މިއިން ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ނުވަތަ

 

3.      ޕަބްލިކް އެފެއާޒް ޕަބްލިކް ޕޮލިސީ އެންޑް ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ޖެނެރަލް އެޑްމިނިސްޓްރޭޝަން، ނުވަތަ އެންވަޔަރަންމަންޓަލް ސައިންސް ނުވަތަ ސްޓެޓިސްޓިކްސް އެންޑް ޕްރޮބަބިލިޓީ ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް މިއިން ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތުތައް:

1.      އަތޮޅު ކައުންސިލްގެ ފައިނޭންޝަލް ޕްލޭނާއި ތަރައްޤީގެ ޕްލޭން ތައްޔާރު ކުރުމާއި، އަތޮޅުގެ ރަށު ކައުންސިލްތަކުގެ ފައިނޭންޝިއަލް ޕްލޭނާއި ތަރައްޤީގެ ޕްލޭނާއި ބިމާބެހޭ ޕްލޭން ތައްޔާރު ކުރުމާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ހިންގާ ބެލެހެއްޓުން.

 

2.      އަތޮޅުގެ ރަށްރަށާބެހޭ މަޢުލޫމާތު ދަފްތަރު އެކުލަވާލުމާއި، މަޢުލޫމާތު ދަފްތަރު އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އިޖްތިމާޢީ ޚިދުމަތްދޭ ތަންތަނާއި ސަރަހައްދުތަކާއި ކުޅިވަރު ބިންބިމާއި ތަންތަނާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ހިންގާ ބެލެހެއްޓުން.

 

3.      އަތޮޅު ކައުންސިލްގެ ވޯރކްޕްލޭން ތައްޔާރު ކުރުމާއި، ރަށު ކައުންސިލްތަކުގެ ވޯރކް ޕްލޭން ތައްޔާރު ކުރުމާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ހިންގާ ބެލެހެއްޓުން.

 

4.      ޤުދްރަތީ ކާރިޘާތަކާއި، ތިމާވެށީގެ މައްސަލަތަކާއި ކަނޑުމަތީގެ ޙާދިޘާތަކާއި އަލިފާނުގެ ހާދިޘާތަކާ ގުޅިގެން ހުށަހެޅޭ މައްސަލަތައް ހިންގާ ބެލެހެއްޓުން.

 

5.      ސްކޫލް، މަދަރުސާތަކާއި، ޓިއުޝަން/ޤުރްއާން ކްލާސްތަކާއި ޕްރީ ސްކޫލްތަކާއި ތަޢުލީމީ ދާއިރާގެ ކަންކަމާ ގުޅިގެން ހުށަހެޅޭ މައްސަލަތައް ހިންގާ ބެލެހެއްޓުން.

 

6.      ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، ފަރމަސީ އާއި ޢާންމު ޞިއްޙަތާއި، ރޯގާ/ބަލިމަޑުކަމާއި ގުޅިގެން ހުށަހެޅޭ މައްސަލަތައް ހިންގާ  ބެލެހެއްޓުން.

 

7.      މުވައްޒަފާ ޙަވާލުކޮށްފައިވާ މައްސަލަތަކުގެ ރެކޯޑް ލިޔެ އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ފައިލްކުރުން

 

8.      އޮފީހުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.

 

  

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1.      ލިބިފައިވާ ތަޢުލީމާއި، ތަމްރީނު:         (ކަނޑައެޅިފައިވާ އިންސައްތަ 38%)

2.      ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާން:       (ކަނޑައެޅިފައިވާ އިންސައްތަ 5%)

3.      ލިބިފައިވާ މަސައްކަތު ތަޖުރިބާ:         (ކަނޑައެޅިފައިވާ އިންސައްތަ 14%)

4.      ލިބިފައިވާ ހުނަރު / އިންޓަވިއު:         (ކަނޑައެޅިފައިވާ އިންސައްތަ 43%)

 

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށް ފަހު ޖެހިގެން އަންނަ މަސައްކަތު 15 ދުވަހުގެ ތެރޭގައި އޮންނާނެ އެވެ. އިންޓަވިއު އޮންނަތަނާއި ތާރީޚާއި ގަޑި ވަޒީފާއަށް އެދޭ ޝަރުޠު ހަމަވާ ފަރާތްތަކަށް އެންގޭނެ އެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަނޑި:

މި މަގާމަށް އެދެންވާނީ، ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ. ވަޒީފާ އަށް އެދޭ ފޯމު ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ، 2017 ޖޫން 05 ވާ ހޯމަ ދުވަހު މެންދުރު 13:00 އެވެ. ފޯމު ހުށަހަޅާނީ، އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ އަށެވެ.

އުޖޫރަ އާއި އިނާޔަތްތައް:

·         އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ އެވެ.

·         ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ކަނޑައެޅިފައިވާ އެހެނިހެން އިނާޔަތްތައް ހަމަޖެހިފައިވާ އުސޫލުން ދެވޭނެ އެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1.      ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (އއ.އަތޮޅު ކައުންސިލް އިދާރާއިން ލިބެން ހުންނާނެ އެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ)

2.      ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3.      ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓިން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މި ފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

4.      ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

5.      މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފއިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި މަގާމާއި ކުރިމަސައްކަތް އަދި މުވައްޒަފުންގެ ޢަދަދު ބަޔާންކޮށްފައިވާ)

6.      ވަޒީފާ އަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

7.      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ) (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭ)

 

 

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ ގުޅުއްވާނީ، 6660606 ނަންބަރު ފޯނާ އެވެ. ފެކްސް ނަންބަރަކީ،6660707 އެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

22 މޭ 2017
ހޯދާ