މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
އެސިސްޓެންޓް ސޯޝަލް ސަރވިސް އޮފިސަރ

އިޢުލާން

މި މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލް މީހެކެވެ.  

މަޤާމް:

އެސިސްޓެންޓް ސޯޝަލް ސަރވިސް އޮފިސަރ

މަޤާމުގެ ނަންބަރު:

J- 251284  އަދި J- 251530

ބޭނުންވާ އަދަދު:

02

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

GS 4

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން

ޗައިލްޑް ރައިޓްސް ޕްރޮޓެކްޝަން ސެކްޝަން

މަޤާމު އޮތް އޮފީސް:

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ

މުސާރަ:

މަހަކު -/5020 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/1500 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1) މިނިސްޓްރީއަށް ހުށަހެޅޭ، ކުޑަކުދިންނާއި، އަންހެނުން، ޢުމުރުންދުވަސްވީ މީހުންނާއި، ޚާއްސައެހީއަށް ބޭނުންވާ ކުދިންނާއި މީހުން އަދި ޢާއިލާތަކާ އެކީ މަސައްކަތް ކުރުން.

2) ހުށަހެޅޭ މައްސަލަތަކުގެ އެސެސްމަންޓް ހަދަންޖެހިއްޖެ ހިނދެއްގައި އެސެސްމެންޓް ހަދާ، ކަމާގުޅޭ ދާއިރާތައްކަމަށްވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް، ޖުވެނައިލް ޖަސްޓިސް ޔުނިޓް، އަދި ފެމިލީ ކޯޓްފަދަ ސަރުކާރުގެ މުއައްސަސާތަކަށް އެއްބާރުލުން ދިނުމާއި އެކު، މައްސަލަ އާއި ގުޅިގެން ފޮނުވަންޖެހޭ ރެފަރަލްތަކާއި އެސެސްމެންޓް ރިޕޯޓްތައް ލަސްނުކޮށް އެ ފަރާތްތަކަށް ފޮނުވުމާއި އެކު މައްސަލަ ކުރިއަށް ގެންދިއުން

3) މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގައި މިދާއިރާ އާ ގުޅުންހުރި ޤާނޫނުތަކާ ޤަވާއިދުތަކާ އެއްގޮތަށް މަސައްކަތް ކުރުން

4) މިނިސްޓްރީއަށް ހުށަހެޅިގެން ކުރިއަށް ގެންދެވޭ މައްސަލަތަކުގައި ގަވާއިދުން ހޯމް ވިޒިޓް ހެދުން އަދި މައްސަލައިގައި ހިމެނޭ ކުޑަކުދިންނާއި، އަންހެނުން، ޢުމުރުންދުވަސްވީ މީހުންނާއި، ޚާއްސައެހީއަށް ބޭނުންވާ ކުދިންނާއި މީހުންނަށް ސީދާ ބައްދަލުވެ ހާލަތު ބެލުން އަދި ހުށަހެޅޭ މައްސަލަތަކުގައި އިންޓޭކްފޯމް ފުރާ ކޭސް ރެޖިސްޓްރީކޮށް ކޭސް އެލޮކޭޝަންއަށް ކޭސްފައިލް ތައްޔާރުކުރުން

5) ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އެއްވެސް ފަރާތެއްގެ ޙައްޤަކަށްއުނިކަމެއް ލިބޭފަދަ ސީރިއަސް ނުވަތަ ކުއްލިހާލަތެއް ދިމާވެއްޖެނަމައެމައްސަލައެއް ސެކްޝަންގެ އިސްވެރިޔާއަށް ރިޕޯޓްކުރުން އަދި ވެރިޔާގެލަފާގެމަތިން މައްސަލާގައި ހިމެނޭ ވިކްޓިމްއަށް، ކަމާގުޅޭ ދާއިރާތަކާ ގުޅިގެންއަވަސް ހިމާޔަތެއް ހޯދައިދިނުމަށް މަސައްކަތްކުރުން.

6) އަތޮޅުތަކުން ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ފަރާތެއްގެހާލަތުބެލުމަށް (މަޢުލޫމާތު ނެގުމަށް) ނުވަތަ އެފަދަ ކުއްޖެއް/މީހެއްކުއްލިގޮތަކަށް މާލެ ގެނައުމަށް ރަށްރަށަށް ދާންޖެހިއްޖެ ހިނދެއްގައިއެރަށަށްގޮސް މަޢުލޫމާތު ނެގުން ނުވަތަ ޕްރޮސީޖަރގައި ވާގޮތުގެ މަތިން އެފަދަފަރާތްތައް މާލެ ގެނައުން.

7) ކޭސް ކޮންފަރެންސްތަކުގައި ބައިވެރިވެ ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރުން

8)ހަމަޖެހިފައިވާ ގަވާއިދުގެ މަތިން އޮންކޯލް އަދި ހެލްޕްލައިން ޑިޔުޓީ އަދާކުރުމާއި އަހަރީ ރިޕޯޓަށް ބޭނުންވާ ކުއެސްޝަނާރަސް އާ ފޯމްތައް ތައްޔާރުކުރުން އަދި ކޭސް އެލޮކޭޝަންގައި ބައިވެރިވުން

9)ކުޑަކުދިންނާއި، އަންހެނުން، ޢާއިލާތަކާއި، އުމުރުންދުވަސްވީމީހުންނާއި ޚާއްޞައެހީއަށް ބޭނުންވާ މީހުންނާ ބެހޭގޮތުން މުޖްތަމަޢު (އެންޖީއޯ،މީޑިޔާފަދަ ދާއިރާތަށް) ހޭލުންތެރިކުރުވުމަށް މާލެއާއި އަތޮޅުތަކުގައި ހިންގާޕްރޮގްރާމްތަކުގައި ބައިވެރިވެ މަޢުލޫމާތު ދިނުމުގައި އެހީތެރިވުން.

10) މިނިސްޓްރީގެ މެންޑޭޓުގެ ދަށުން ބައިނަލްއަޤްވާމީ އަދި ޤައުމީފެންވަރުގައި ފާހަގަކުރާ ދުވަސްތަކުގެ ޕްރޮގްރާމްތައް ރާވާ ހިންގުމުގައިއެހީތެރިވުން.

11) އެކިއެކި މަސައްކަތްތަކުގައި މުއާމަލާތް ކުރާއިރު ވަކިޖިންސަކަށް ވަކި ގިންތިއަކަށް ވަކި އުމުރަކަށް ނުވަތަ މީހެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމަކަށް ބެލުމަކާ ނުލައި ހަމަހަމަ އުސޫލެއްގެ މަތިން މަސައްކަތް ކުރުން 

12) އެމުވައްޒަފަކު ހަވާލުވެގެން ކުރެވޭ ހުރިހާ މަސައްކަތެއްޤަވާއިދުން ފައިލްކުރުން އަދި ޙަވާލުވެގެންކުރާ މަސައްކަތުގެ ރެކޯޑްތައްމިނިސްޓްރީގެ ސަރވަރއަށް ގަވާއިދުން އަޕްޑޭޓް ކުރުން.

13)  އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭ ގޮތުން ޙަވާލުކުރެވޭ އެންމެހާކަންތައްތައް ކުރުން

14) ހަމަޖެހިފައިވާ އުސޫލަތުން ސެކްޝަންއަށް އަންނަ ލިޔެކިޔުންތަކުގެ އެންޓްރީ އަދި ޔައުމިއްޔާ މަސައްކަތް ކުރުން.

15) ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ރޭޑިއޯ ޕްރޮގްރާމްތަކަށް މަޢުލޫމާތު ދިނުން.

16) މިނިސްޓްރީގެ އެހެން ޑިޕާޓްމަންޓެއްގައި މަސައްކަތްކުރަން ޖެހިއްޖެ ޙާލަތެއްގައި، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން އެތަންތަނުގައި މަސައްކަތްކުރުން.

17) މަސައްކަތުގެ ދާއިރާގައި ހިނެމޭގޮތަށް، އޮފީހުން ހަވާލުކުރާ އެންމެހައި މަސައްކަތެއް ކުރުން.

މަޤާމުގެ ޝަރުތުތައް:

  •  ސޯޝަލް ސައިންސް، ޕްރައިމަރީ ހެލްތް އެޑިއުކޭޝަން،  ސައިކޮލޮޖީ،  ޕްރައިމަރީ ހެލްތު ކެއަރ، ހެލްތް އެޑިއުކޭޝަން، ރިސާރޗް މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4  ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

  •  މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  •  ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
  • ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.
  • ދިވެހި، އިނގިރޭސި ބަހުން މުޢާމަލާތްކުރުމާއި ލިއުމުގެ ޤާބިލްކަން ލިބިފައިވުން.
  • އަތޮޅުތަކަށާއި ރަށްރަށަށް ދަތުރުކުރެވޭނެ ފަރާތްތައް.
  • ސޯޝަލް ސަރވިސް ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތްތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތައް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

    (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

    (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

    (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިއުން.

    (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ http://gender.gov.mv ގެ ވެބްސައިޓުންނާއި، އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 މޭ 2017 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އަދި ޕްރެކްޓިކަލް އޮންނާނީ، 2017 މޭ މަހާއި 2017 ޖޫން މަހުގެ ތެރޭގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

30%(ތިރީސް އިންސައްތަ).

އިތުރު މަޢުލޫމާތު ހޯދުން:

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027529 ނަންބަރު ފޯނަށް، ނުވަތަ 3027551 ނަންބަރު ފޯނަށެވެ.

 

25 ޝައުބާން 1438ހ

21 މޭ 2017މ 

 

21 މޭ 2017
ހޯދާ