މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ޑިސްޕްލޭ ރެކެއް ކަބަޑު ސެޓަކާއިއެކު ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ޑިސްޕްލޭ ރެކެއް ކަބަޑު ސެޓަކާއިއެކު ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.

                މި އޮތޯރިޓީގެ އިޢުލާން ނަމްބަރ (IUL)201-B/1/2017/6 (20 ފެބްރުއަރީ 2017) ގައި މި އޮތޯރިޓީން ޑިސްޕްލޭ ރެކެއް ކަބަޑު ސެޓަކާއިއެކު ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާއި ގުޅިގެން ހުށައެޅި އަންދާސީ ހިސާބުތަކުގެ އަގުބޮޑުކަމަށް ފެންނާތީ، އެ އިޢުލާނު ބާޠިލްކޮށް އަލުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.        

މި އޮތޯރިޓީން ޑިސްޕްލޭ ރެކެއް ކަބަޑު ސެޓަކާއިއެކު ހަދައި ހަރުކުރުމަށް ބޭނުންވެއްޖެއެވެ.

              ވީމާ، މި މިކަމުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 2017 ގެ މެއި މަހުގެ 29 ވާ ހޯމަ ދުވަހުގެ 13:30 އަށް މި އޮތޯރިޓީ (ވެލާނާގެ 11 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. ބިޑު ހުށައެޅުން އޮންނާނީ 2017 ގެ ޖޫން މަހުގެ 08 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މި އޮތޯރިޓީ (ވެލާނާގެ 11 ވަނަ ފަންގިފިލާ) ގައިއެވެ.

                25 ޝައުބާން 1438

                21 މެއި 2017  

21 މޭ 2017
ހޯދާ