މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
02 މަޤާމަށް މީހުން ބޭނުންވެއްޖެ

މަޤާމް :ފަޅުވެރި
ބޭނުންވާ އަދަދު :2

 

މަޤާމުގެ ނަމްބަރު:       -

ސަރވިސް :          ސަޕޯޓް ސަރވިސް

ރޭންކް:              އެސް.އެސް 1

ކްލެފިކޭޝަން          ސަޕޯޓް ސްޓާފް ގްރޭޑް 1

ޔުނިޓް:              އެޑްމިނިސްޓްރޭޝަން ހިޔުމަން ރިސޯސް އެންޑް އިންފޮމޭޝަން

ސެކްޝަން            ކޯޕަރޭޓިވް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ / ރ. އުނގޫފާރު

މަޤާމުގެ ގިންތި        ދާއިމީ

މުސާރަ:            3,470 ރުފިޔާ

ސަރވިސް އެލަވަންސް:  1000.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް: 

                  ދަތުރު އެލަވަންސާއި އިތުރުގަޑީގައި މަސައްކަތް  ކޮށްފިނަމަ  އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކޮށްފިނަމަ ބަންދު ދުވަހުގެ ފައިސާއާއި ރަމްޟާން މަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާފަދަ ސިވިލް ސަރވިސް ޤަވާޢިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެއެވެ.

ބޭނުންވާ ޢަދަދު:      02

މަޤާމުގެ ޝަރުޠު:

                 1-  ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

                 1-  ކުރަންޖެހޭ ދަތުރުތަކަށް ލޯންޗް ތައްޔާރުކުރުން.

                 2-  ލޯންޗް ފެހިކަހާ ބެލެހެއްޓުން

                 3-  ލޯންޗް ފަޅުގައި އޮންނައިރު ހަފްތާއަކު 2 ދުވަހު ލޯންޗް ދޮވެ ފޮޅާ ސާފުކުރުން

                 4-  ލޯންޗް ބޯސަލުގައި އޮންނައިރު  ފަރުވާތެރިކަމާއެކު ލޯންޗް ބެލެހެއްޓުން

                 5-  ލޯންޗަށް ދިމާވާ މައްސަލަތައް ސްޕަވައިޒަރަށް ރިޕޯޓް ކުރުން

                 6-  އަތޮޅު ކައުންސިލް އިދާރާއިން ކުރިޔަށް ގެންދާ ޚާޢްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

                1-  އިންޓަވިއު

                2-  މަސައްކަތު ތަޖްރިބާ ލިބިފައިވާ މިންވަރު.

                3-  މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް      

ހުށަހަޅަންޖެހޭ ލިއުންތައް:

                1-  ފުރިހިމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަންފޯމް އަތޮޅު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. )

                2-  ސަރުކާރުގެ ނުވަތަ ސިވިލްސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފެއްނަމަ ރ. އަތޮޅު ކައުންސިލް އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ އަދާކުރަމުން ގެންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިއުން.

                3-  ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އެމުވައްޒަފުގެ ވަޒީފާގެ މަސްޢޫލިއްޔަތާއި  މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ޙާޟީރީ އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް ވަޒީފާ އަދާކުރި ނުވަތަ ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިއުމެއް.

                4-  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ

                5-  ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެހާއެކު )

އިންޓަވިޔު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚް:

                މި މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިޔުއާއި ޕްރެކްޓިކަލް އަދި އިމްތިޙާނުކުރުން އޮންނާނީ 2017 ޖޫން މަހުގެ ތެރޭގައި މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތަނާއި ތާރީޚް:

                މިވަޒީފާތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިއުންތަކާއި އެކު 30 މެއި 2017 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިއުންތައް އީމެއިލުން ( [email protected] ) އިން ވެސް ހުށަހެޅިދާނެއެވެ.

އިތުރު މަޢުލޫމާތު:

                މިވަޒީފާތަކަށް ހުށަހެޅުމުގައި އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ ރ. އަތޮޅުކައުންސިލް އިދާރާގެ އެޑްމިނިސްޓްރޭޝަން އެޗް.އާރު އިންފޮމޭޝަން ޔުނިޓާއި 6580027 ނަމްބަރު ފޯނާއި ގުޅުއްވުން އެދެމެވެ. 

މިމަޤާމަށް އިންޓަރވިޔު ކުރެވޭނީ މި މަޤާމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ތަޢުލީމީ ފެންވަރު އެންމެ ރަގަޅު ފަރާތްތަކާއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                                   25 ސައުބާން   1438

                                   21 މެއި     2017

21 މޭ 2017
ހޯދާ