ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
އެސިސްޓެންޓް ރިސަރޗް އޮފިސަރ

މަޤާމް :އެސިސްޓެންޓް ރިސަރޗް އޮފިސަރ
ބޭނުންވާ އަދަދު :1

   

                                               `            

 

ދިވެހިބަހުގެ އެކެޑަމީ

      މާލެ،

    ދިވެހިރާއްޖެ.

                                                  ނަންބަރު: (IUL)430-DBA-I/1/2017/10

 

 

  އިޢުލާން 

:މަޤާމް

އެސިސްޓެންޓް ރިސަރޗް އޮފިސަރ

:މަޤާމުގެ ނަންބަރު

J-226531

:ބޭނުންވާ އަދަދު

1

:މަޤާމުގެ ގިންތި

ސަޕޯޓް އޮފިސަރ

:މަޤާމުގެ ރޭންކް

ޖީ. އެސް. 4

:މަޤާމުގެ ކްލެސިފިކޭޝަން

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

:ސެކްޝަން

ބަހާބެހޭބައި

މަޤާމް އޮތް އޮފީސް:

ދިވެހިބަހުގެ އެކެޑަމީ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ދިވެހިބަހުގެ އެކެޑަމީ / މާލެ

މުސާރަ:

5020.00 ރުފިޔާ

ސަރވިސް އެލެވަންސް:

1500.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި މައިގަނޑު ވާޖިބުތައް:

1. ބަހާއި އަދަބިއްޔާތަށް މީހުން ހޭލުންތެރިކުރުމަށް ޓަކައި ބާއްވާ މުބާރާތްތަކުގެ ޤަވާއިދުތައް ފަންނީ ލަފައާއި އިރުޝާދުގެމަތީން އިޞްލާޙުކޮށް މުބާރާތްތަކުގެ  އެންމެހާ ކަންކަން ހިންގުން.

2. ބަހާއި އަދަބިއްޔާތަށް މީހުން ހޭލުންތެރިކުމަށް ޓަކައި ބާއްވާ މުބާރާތްތަކާއި އެކިއެކި ޙަރަކާތްތަކުގެ ނަތީޖާއާ ބެހޭ ރިޕޯޓުތައް ހެދުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުން.

3. ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ފާހަގަކުރާ މުނާސަބަތުތަކާއި ދުވަސްތައް ޤައުމީ ފެންވަރުގައި ފާހަގަކުރަން ކުރާނެ ކަންތަކާ ބެހޭ ޕްރޮޕޯސަލް ތައްޔާރުކުރުން.

4. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ހިންގާ އެކިއެކި ޙަރަކާތްތަކާބެހޭ ފަންނީ މަޢުލޫމާތު މީޑިއާގައި ހާމަކުރުން.

5. ބަހާއި އަދަބިއްޔާތު ކުރިއަރުވައި ތަރައްޤީކުރުމަށް ބާއްވާ މުބާރާތްތަކާއި އެކިއެކި ޙަރަކާތްތަކާ ގުޅުންހުރި ބައްދަލުވުންތަކާއި މަސައްކަތު ބައްދަލުވުންތައް ހިންގުން.

6. މަޤާމުގެ އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ބެހޭ ގޮތުން ކުރަންޖެހޭ ކަންތަކުގެ މަޢުލޫމާތު ޢާންމުންނާ ޙިއްސާކުރުން.

7. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ބައިނަލްއަޤްވާމީ ދުނިޔެއަށް އެކެޑަމީ ތަޢާރުފު ކުރުމުގައި އެހީތެރިވުން.

8. ބޭރުބަސްބަހުން  ލިޔެފައިހުންނަ ބަހާއި އަދަބިއްޔާތުގެ ލިޔުންތައް ދިވެހިބަހަށް ތަރުޖަމާ ކުރުމުގައި އެހީތެރިވުން.

9. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި ބަހަށް މީހުންހޭލުންތެރިކުރުވުމަށް ހިންގާ ތަފާތު ޕްރޮގްރާމްތަކުގައި  ބައިވެރިވުން.

10. އޮފީހުގެ މަސައްކަތުގެ ދާއިރާގެތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައް ކުރުން.

 

މަޤާމުގެ ޝަރުޠުތައް:

  • ބަސް ނުވަތަ ތާރީޚު ނުވަތަ އިދާރީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ޙާސިލުކޮށްފައިވުން.

ނުވަތަ

  • މަތީ ސާނަވީ އިމްތިޙާނަކުން  2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑްރީ ސްކޫލް ސެޓްފިކެޓް  އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން، ދަށްވެގެން "ސީ"  ގްރޭޑް ލިބިފައިވުން.

ނުވަތަ

  • ސާނަވީ އިމްތިޙާނަކުން  2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި،  އޭގެ އިތުރުން ސެކެންޑްރީ ސްކޫލް ސެޓްފިކެޓް  އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ"  ގްރޭޑް ލިބިފައިވުމާއެކު،މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

- ތަޢުލީމީ ގޮތުން އެންމެމަތީ މާކުސް ލިބިފައި ވުމާއި، ދާއިރާއިން ލިބިފައިވާ ތަޖްރިބާ.

- ދިވެހިބަހުން ރަނގަޅަށް މުޢާމަލާތު ކުރުމުގެ ޤާބިލްކަން ހުރުން

- ގުޅިގެން މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން

- ކަންކަން ކުރަން އިސްނެގުމުގެ ހުނަރު

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ކުއްޖެއް ކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މި އެކެޑަމީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.dhivehiacademy.edu.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 މޭ 30 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، ދިވެހިބަހުގެ އެކެޑަމީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 3345275 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  2017 ޖޫން 1 އާއި 6 އާ ދެމެދު، ދިވެހިބަހުގެ އެކެޑަމީގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 

30%

 

 

 

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345297 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3345275 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

25 ޝަޢުބާން 1438

21 މޭ 2017

 
21 މޭ 2017
ހޯދާ